ކ. މާލެ
|
28 ޖޫން 2022 | އަންގާރަ 07:17
ރަހީމް ސްޓާލިން: ފޮޓޯ-ޕްރިމިއަރ ލީގު
ރަހީމް ސްޓާލިން: ފޮޓޯ-ޕްރިމިއަރ ލީގު
ގެޓީ އިމޭޖަސް
ޗެލްސީގެ ޓާގެޓް ސްޓާލިންގ އަށް
ޗެލްސީގެ އެންމެ ބޮޑު ޓާގެޓަކަށް ސްޓާލިންގ
 
ސްޓާލިންގ ސިޓީ ދޫކޮށްލުން ގާތް

އާ ސީޒަން ފެށުމުގެ ކުރިން ޗެލްސީގެ އެންމެ ބޮޑު ޓާގެޓަކަށް މެންޗެސްޓަރ ސިޓީގެ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގ ހަދައިފިއެވެ.

ޗެލްސީއާ އާ ވެރިން ހަވާލުވުމަށްފަހު ކްލަބްގެ ފުރަތަމަ ބޮޑު ޓްރާންސްފަރ އަކަށްވާނީ ސްޓާލިންގ ކަމަށް ބޭރުގެ މީޑިޔާ ރިޕޯޓުތަކުން ބުނެއެވެ. އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ޗެލްސީ ގަތުމަށްފަހު ޓީމް ވަރުގަދަ ކުރުމަށް ގެންނަ އެންމެ މުހިއްމު ކުޅުންތެރިއަކީ ސްޓާލިންގ ކަމުގައި ހެދުމަށް, ސިޓީއާއެކު މަޝްވަރާތައް ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އިނގިރޭސި ފޯވާޑް ސިިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އަހަރެކެވެ. ލުކަކޫ އަލުން އިންޓަރ މިލާނަށް ދޫކޮށްލުމަށްފަހު ޓީމްގެ ކުރި ވަރުގަދަ ކުރަން ޗެލްސީން މިހާރު އެންމެ ބޭނުންވާ ކުޅުންތެރިއަކީ ސްޓާލިންގއެވެ.

ސްޓާލިންގއަކީ 2016 ވަނަ އަހަރު ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗުކަމާ ހަވާލުވިފަހުން ސާޖިއޯ އަގުއޭރޯއަށްފަހު އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ސްޓާލިންގ ވަނީ އެމުއްދަތުގައި ސިޓީއަށް 120 ގޯލް ޖަހައިދީފައެވެ. އެކަމަކު މިހާރު ޤަވާއިދުން ކުޅެން ފުރުޞަތު ނުލިބޭތީއާއި, ބޮޑަތި މެޗުތަކުގައިވެސް ބެންޗުން ފަށަން ޖެހޭތީ ސްޓާލިންގ ބޭނުންވަނީ ކުޅުމުގެ ފުރުޞަތު ލިބޭ, ލީޑް ކުރަންވެސް ފުރުޞަތު ލިބޭ ޓީމަކަށް ބަދަލުވާށެވެ.

ސިޓީގައި މަޑުކޮށްފިނަމަ ކުރިއަށް އޮތް ސީޒަންގައި ސްޓާލިންގއަށް ފުރުޞަތު ލިބޭ މިންވަރު އިތުރަށް މަދުވުން ގާތެވެ. އެއީ ހާލަންޑް ސިޓީއާއި ގުޅިފައިވާތީއެވެ. މީގެއިތުރުން އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްވާރޭޒްވެސް ވަނީ ޕެޕް ގާޑިއޯލާގެ ޕްލޭންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް