ކ. މާލެ
|
28 ޖޫން 2022 | އަންގާރަ 07:07
އައު އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި މިއުޒިކް ޝޯވގެ ތެރެއިން
އައު އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި މިއުޒިކް ޝޯވގެ ތެރެއިން
އަތޫފް އާތިފް
އަޟްހާ އީދު 1443
މިއަހަރު އީދު ޝޯއާއި ހަވާ އެރުވުން ނޯންނާނެ
އީދު ޝޯއާ ހަވާ އެރުވުން ނުބާއްވަން ނިންމީ ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ

މިއަހަރުގެ އަޟްހާ އީދުގައި ހުޅުމާލޭގައި އީދު ޝޯ ބޭއްވުމާއި ހަވާ އެރުވުން ނޯންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިއަހަރުގެ އަޟްހާ އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކުރަން ރާވާފައި ވީނަމަވެސް، މި ދުވަސްވަރު ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅޭފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާކަމަށެވެ.

އީދު ޝޯއާއި ހަވާ އެރުވުމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތަކަކަށްވާތީ މިފަހަރުގެ އީދު ކުޅިވަރުތަކުގެ ތެރޭގައި މި ދެ ހަރަކާތް ނުހިމެނޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ރާއްޖެއިން ފެންނަ ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މިކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ބުނީ ހުސްވި ހަފުތާގައި މުޅި ރާއްޖެއިން 1202 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މި މުއްދަތުގައި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 528 މީހުންނެވެ. އަތޮޅުތަކުން 452 މީހުން ޕޮޒިޓިވްވެފައިވާއިރު އެހެނިހެން ހިސާބުތަކުން ޕޮޒިޓިވްވެފައިވަނީ 222 މީހުންނެވެ. އޭގެކުރީ ހަފުތާގައި ޕޮޒިޓިވްވެފައިވަނީ މުޅި ޖުމްލަ 91 މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް