ކ. މާލެ
|
27 ޖޫން 2022 | ހޯމަ 22:25
ބިލިއަނަރު ޑެލްވެޗިއޯ
ބިލިއަނަރު ޑެލްވެޗިއޯ
ޓައިމް މަޖައްލާ
ރޭ-ބޭންގެ ވެރިޔާ މަރުވެެއްޖެ
ރޭ-ބޭންގެ ވެރިޔާ ލިއަނަރޑޯ ޑެލްވެޗިއޯ މަރުވެެއްޖެ
އޭނާ މަރުވިއިރު އުމުރުން 87 އަހަރު

އަވިއައިނު އުފެއްދުމުގައި އެންމެ މަގުބޫލު އެއް ކުންފުނި ކަމަށްވާ ރޭ-ބޭންގެ ވެރިޔާ އަދި ބިލިއަނަރު ލިއަނަރޑޯ ޑެލްވެޗިއޯ މަރުވެއްޖެއެވެ.

އޭނާ ޗެއަރމަނަކަށް އުޅޭ ކުންފުނި، އެސިލޯލަކްސޯޓިކާއިން އޭނާ މަރުވިކަން އިއުލާންކުރީ ހޯމަ ދުވަހުއެވެ. ޑެލްވެޗިއޯ މަރުވިއިރު އުމުރުން 87 އަހަރެވެ.

ޑެލްވެޗިއޯއަކީ ކުޑައިރު ފަގީރު ދިރިއުޅުމެއްގައި ދިރިއުޅެމުން އައި ޔަތީމެކެވެ. އޭނާ އަމިއްލައަށް ކުރި ބުރަ މަސައްކަތުން އައިނުގެ ބައިތައް އުފައްދައި، ދުނިޔޭގެ އެންމެ ބޮޑު ކުންފުނި އުފައްދައި އޭގެ ދަށުން އައިނުތަކުގެ ބްރޭންޑުތައް އުފެއްދިއެވެ.

އިޓަލީއަށް ނިސްބަތްވާ ޑެލްވެޗިއޯއަކީ އެ ގައުމުގެ ދެވަނައަށް އެންމެ މުއްސަނދި މީހާއެވެ. އޭނާ މަރުވިއިރު މިލްކިއްޔާތުގައި 25.7 ބިލިަން އެމެރިކާ ޑޮލަރު ހުރިކަމަށް ބްލޫމްބަރގް ބިލިއަނަރސް އިންޑެކްސްގައި ދައްކައެވެ.

ބޮޑެތި ގިނަ ކުންފުނިތަކުގައިވެސް ހިއްސާ އޮންނަ ޑެލްވެޗިއޯ މަރުވިއިރު އޭނާ ހުރީ އެސިލޯ ލަކްސޯޓިކާގެ ޗެއަރމަންގެ މަގާމުގައެވެ. އެހެންވެ ކުންފުނީގެ ކުރިމަގާ މެދު ގޮތެއް ނިންމަން ބޯޑު ބައްދަލުވުމެއް ރާވާފައިވާކަމަށް އެ ބޯޑުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް