ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 18:55
ލީގު މެޗެއްގައި ގްރީން ކުޅުންތެރިން ލަނޑު ޖެހުމަށްފަހު؛ ފޮޓޯ-އެފްއޭއެމް
ލީގު މެޗެއްގައި ގްރީން ކުޅުންތެރިން ލަނޑު ޖެހުމަށްފަހު؛ ފޮޓޯ-އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
ޓީސީ ބަލިކޮށް، ގްރީންއިން ޓީސީއާ އަރާ ހަމަކޮށްފި
 
ޓީސީއާއި ގްރީންއަށްވެސް ލިބިފައިވަނީ 17 ޕޮއިންޓް

ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯރޓްސް ބަލިކޮށް, ކްލަބް ގްރީން ސްޓްރީޓްސް އިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

މިމޮޅާއެކު ގްރީން ވަނީ 14 މެޗުން 17 ޕޮއިންޓް ހަަމަކޮށްފައެވެ. ފުރަތަމަ ބުރު ދަށްކޮށްދިޔަ ގްރީންއަށް މިއީ މުހިއްމު ފިޔަވަޅެކެވެ. ފުރަތަމަ ބުރު ރަނގަޅަށް ދިޔަ ޓީސީއަށްވެސް ލިބިފައިވަނީ 14 މެޗުން 17 ޕޮއިންޓެވެ. ޓީސީގެ މައްޗަށް ގްރީން ކުރި ހޯދީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ގްރީންގެ ކެޕްޓަން ރިލްވާން ވަހީދެވެ. މިއީ ރިލްވާން ވިދިވިދިގެން ލަނޑުޖެހި ދެވަނަ މެޗެވެ.

ލީގުގައި އާދިއްތަ ދުވަހުގެރޭ ވާދަކުރާނީ އެއްވަނައިގައި އޮތް މާޒިޔާއާއި, ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އެވެ. މެޗުން މޮޅުވެގެން ސަސްއަށްވެސް ހޯދޭނީ 17 ޕޮއިންޓެވެ. މެޗުން މޮޅުނުވެއްޖެނަމަ މިހަފްތާގެ މެޗުތައް ނިމޭއިރު ސަސް އޮންނާނީ ގްރީންއާއި ޓީސީއަށްވުރެ ފަހަތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް