ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 14:00
މީގެ ކުރިން ޔުވެންޓަސްއަށް ކުޅުނު ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
މީގެ ކުރިން ޔުވެންޓަސްއަށް ކުޅުނު ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
ޕައުލް ޕޮގްބާ
ޔުނައިޓެޑް ދޫކޮށް ޕޮގްބާ އަލުން އެނބުރި ޔުވެންޓެސްއަށް ބަދަލުވަނީ
 
ޔުވެންޓަސް އަށް ބަދަލުވުމުގެ ގޮތުން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމާއި އެއްބަސްވުމުގައި ސޮއިކުރުމަށް ޖުލައި މަހުގެ ކުރީކޮޅު އިޓަލީއަށް ދަތުރުކުރާނެ
 
ޔުވެންޓަސްއަށް ބަދަލުވަނީ ހިލޭ ޓްރާންސްފާއެއްގައި

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ޕައުލް ޕޮގްބާ އެ ކުލަބް ދޫކޮށް އޭނާގެ ކުރީގެ ކުލަބް ޔުވެންޓަސްއަށް ބަދަލުވާން ނިންމައިފިއެވެ.

ޕޮގްބާ އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ ވެސް ޔުނައިޓެޑުންނެވެ. 2011 ވަނަ އަހަރު ޔުނައިޓެޑުން ސީނިއަރ ކެރިއަރު ފެށި ޕޮގްބާ ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. ޔުވެންޓަސްއާއެކު ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 178 މެޗު ކުޅެދީ، 34 ލަނޑު ޖަހައިދީފައެވެ. ޕޮގްބާ ވަީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ހަތަރު އަހަރު، އިޓާލިއަން ކަޕް ތިން އަހަރު އަދި އިޓާލިއަން ސުޕަ ކަޕް ދެ އަހަރު ހޯދާފައެވެ.

ޔުވެންޓަސް ދޫކޮށް 2016 ވަނަ އަހަރރު ޕޮގްބާ އަނެއްކާ ވެސް ބަދަލުވީ ޔުނައިޓެޑަށެވެ. ޔުނައިޓެޑަށް ބަދަލުވެ އޭނާ ވަނީ މިފަހަރު އެ ޓީމަށް 226 މެޗު ކުޅެދީ 39 ލަނޑު ޖަހައިދީފައެވެ. ޔުނައިޓެޑާއެކު ޕޮގްބާއަށް ހޯދުނީ ދެ ތައްޓެވެ. އެއީ ޔުއެފާ ޔޫރޮޕާ ލީގާއި، ކަރަބޯ ކަޕްއެވެ.

ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެއާއެކު އޭނާ ޔުވެންޓަސްއަށް ބަދަލުވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. ޔުވެންޓަސްއަށް ބަދަލުވުމަށް އެޓީމުން ވަނީ ޕޮގްބާއާއެކު އެއްބަސްވުމަކަށް އާދެވިފައެވެ. ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވުމުގެ ގޮތުން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމާއި އެއްބަސްވުމުގައި ސޮއި ކުރުމަށް ޖުލައި މަހުގެ ކުރީކޮޅު އޭނާ އިޓަލީއަށް ދަތުރުކުރާނެއެވެ.

ޕޮގްބާ ޔުވެންޓަސްއަށް ބަދަލުވާއިރު، އޭނާ ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ސިޓީން ކުރި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެކަމަށް އެދި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޕޮގްބާއާ ވަހަކަ ދެއްކި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް