Advertisement
ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 10:08
ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފް
ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފް
ރާއްޖެއެމްވީ
ތިމަރަފުށީ ހަރުކަށި ފިކުރު
ތިމަރަފުށީ ހަރުކަށި ފިކުރު: ޝަމާޚުވެސް ދައުވާއަށް އިންކާރު ކުރޭ
މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް
ޝަމާޚު ވަނީ ދައުވާއަށް އިންކާރު ކޮށްފައި
ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުކުރެވޭ ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފް އާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠު، އަދި ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުއެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އޮތީ ދައުވާ ސާފުކޮށްދިނުމާއި ޖަވާބުދާރީވުމެވެ. އެގޮތުން ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތައް އިއްވައި، ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބު ބަޔާންކޮށްފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ ފަދަ މީހެއްކަމަށް ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާތަކަށް ޝަމާއު ޝަރީފް އިންކާރު ކުރެއެވެ. ވުމާއެކު، ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށައަޅާފައެވެ.

Advertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދިފާއީ ހެކި ހުށައެޅުމަށް 7 ޖުލައިގެ ނިޔަލަށް ފުރުސަތު ދެއްވާފައެވެ.  

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޓެރަރިޒަމާ ގުޅުންހުރި ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ. އަދި ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާޙް 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ)އެއް ތައްޔާރުކުރުމަށްފަހު އައި.އީ.ޑީ ގޮއްވާލައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމުގެ ތުހުމަތު ވެސް އެމީހުންގެ މައްޗަށް ކުރެވެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާ ހައްޔަރު ކުރީވެސް ނަސާޙް ދޯނީގައި ހުއްޓައެވެ.

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މި ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވާފައެވެ. އަދި ޖުލައި 17 ގެ ކުރިން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ވަނީ ފުރުސަތު ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް