ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 07:07
މި ރީޓްރީޓް ބާއްވާފައިވަނީ ރުވާންޑާގެ އިންޓެއަރ ކޮންފަރެންސް އެރީނާގައި
މި ރީޓްރީޓް ބާއްވާފައިވަނީ ރުވާންޑާގެ އިންޓެއަރ ކޮންފަރެންސް އެރީނާގައި
ރައީސް އޮފީސް
ރައީސް ރުވާންޑާއަށް ކުރައްވާ ދަތުރުފުޅު
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
 
ރީޓްރީޓް ކުރިޔަށް ގެންގޮސްފައިވަނީ ދެ ސެޝަނަށް ބަހާލައިގެން

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

މި ރީޓްރީޓް ބާއްވާފައިވަނީ ރުވާންޑާގެ އިންޓެއަރ ކޮންފަރެންސް އެރީނާގައެވެ.

މި ރީޓްރީޓް ކުރިޔަށް ގެންގޮސްފައިވަނީ ދެ ސެޝަނަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެޝަން އަމާޒުކޮށްފައި ވަނީ ޒުވާނުންނާއި، ޓެކްނޮލޮޖީއާއި، އީޖާދީކަމުގެ މައްޗަށެވެ. ދެ ވަނަ ސެޝަން އަމާޒު ކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރުވާންޑާއަށް ވަޑައިގެންނެވީ ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވީފަހުން ބާއްވާ، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. މިބައްދަލުވުން މިބާއްވަނީ ކޮވިޑް-19އާ ގުޅިގެން ބައްދަލުވުން ފަސްކުރުމަށް ފަހުގައެވެ. ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ މިއަހަރުގެ ބައްދަލުވުމުގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ"އެވެ.

މީގެއިތުރުން ރައީސް ސާލިހް ވަނީ އަލަށް އައްޔަންކުރެވުނު ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ވަލީއަޙުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް އޮފް ވޭލްސް ޗަރލްސް ފިލިޕް އަރތަރ ޖޯޖް ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

ކޮމަންވެލްތު އޮފް ނޭޝަންސްގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ 9 ޖުލައި 1982 ގައެވެ. ނަމަވެސް 13 އޮކްޓޯބަރ 2016 ގައި ދިވެހިރާއްޖެއިން ވަނީ ކޮމަންވެލްތުގެ މެންބަރުކަން ދޫކޮށްލާފައެވެ. މި ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދާ އެއްގޮތަށް ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން 1 ފެބްރުއަރީ 2020 ގައި ބަލައިގަނެ، ރާއްޖެވަނީ އެޖަމާޢަތުގެ 54 ވަނަ މެންބަރު ޤައުމުގެ ގޮތުގައި ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި