ކ. މާލެ
|
25 ޖޫން 2022 | ހޮނިހިރު 21:14
ޓްރެފިކް ފްލޯ ދައްކުވައިދޭ ޗާޓެއް
ޓްރެފިކް ފްލޯ ދައްކުވައިދޭ ޗާޓެއް
ޕޮލިސް
ހައްޖުވެރިން ފުރުން
ހައްޖުވެރިން ފުރާ ދުވަސްތަކުގައި މާލޭގެ ޓްރެފިކް ފްލޯ ބަދަލުވާނެ
ހައްޖުވެރިން ފުރާނީ މި މަހުގެ 26، 29 އަދި ޖުލައި 2ގައި
ޓްރެފިކް ފްލޯއަށް ބަދަލު އަންނާނީ 1 ގަޑިއިރަށް

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ހައްޖުވެރިން ފުރާދުވަސްތަކުގައި މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާއްމުކޮށްފައިވާ ޗާޓުން ދައްކާ ގޮތުގައި ހައްޖުވެރިން ފުރަން ހަމަޖެހިފައިވާ ދުވަސްތަކުގައި ރޭގަނޑު 7:00ން 8:00ށް، މަޖީދީ މަގާއި އަމީނީ މަގުން ދުއްވޭނީ ހުޅަނގުން އިރަށެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން ފުރަން ހަމަޖެހިފައިވަނީ 3 ދުވަހެއްގައެވެ. އެއީ މި މަހުގެ 26 އާއި 29 އަދި ޖުލައި 2 ވަނަ ދުވަހުއެވެ.

މަޖީދީ މަގާއި އަމީނީ މަހުގެ ޓްރެފިކް ފްލޯއަށް އަންނަ ބަދަލާއެކު އޯކިޑު މަގުގެ ޓްރެފިކް ފްލޯއަށްވެސް ބަދަލު އަންނާނެއެވެ.

ސައޫދީން ރާއްޖެއަށް މިއަހަރު ދީފައިވަނީ 453 ހައްޖު ކޯޓާއެވެ. މި ހުރިހާ ކޯޓާއެއް ސަރުކާރުން ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އެ ކޯޕަރޭޝަނުން 353 ކޯޓާ، ކިޔޫގައި ތިބި ފަރާތްތަކަށް ޚާއްސަކޮށްފައިވާއިރު، 100 ކޯޓާ އާއްމުންނަށް ހުޅުވާލިއެވެ.

ރާއްޖެއިން ހައްޖަށް ދާ މީހުންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރުއެވެ. މިނިސްޓަރާއެކު ހައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މިހާރު ވަނީ ސައޫދީއަށް ވަޑައިގެންފައެވެ.

- ކޮމެންޓް