ކ. މާލެ
|
25 ޖޫން 2022 | ހޮނިހިރު 13:59
ދައުރާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު
ދައުރާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު
އިސްލާމިކް މިނިސްޓްރީ
ދައުރާ ޕްރޮގްރާމް ފެށުން
ސައުދީ ސަރުކާރާ އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ދައުރާ ޕްރޮގްރާމް ފަށައިފި
މިއީ ޖޫން 24 އިން 25 އަށް ކުރިއަށްދާ ޕްރޮގްރާމްއެއް

ސަޢުދީ އަރަބިއްޔާއިން މިސަރަޙައްދުގައި ޤާއިމްވެފައިވާ ސަޢުދީ އިސްލާމިކް އެފެއާޒްގެ ދީނީ ކަންކަމާ ބެހޭ މުއައްސަސާއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްގެންދާ ދައުރާ ޕްރޮގްރާމް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ 24 ޖޫންއިން 25 ޖޫންގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރް ޢަލީއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިސްލާމްދީން ފެށިގެން އައިސްފައިވަނީ ޖަހާލަތުގެ އަނދިރިކަމުގެ ތެރޭގައި އޮއްވާކަން ފާހަގަކުރައްވާ ރަސޫލާ صلى ﷲ عليه وسلم ވަޑައިގެން އިސްލާމްކަމުގެ ނޫރުން އުންމަތް އަލިކޮށްދެއްވިކަމަށް ވިދާޅުވިއެވެ. އަދި އިސްލާމްދީން އައުމުން މުޅި ދުނިޔެއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަމަން އަމާންކަންކަމަށް ވިދާޅުވިއެވެ. މުޖުތަމަޢު އަމާންކޮށް ބޭއްވުމުގައި ޢިލްމުވެރިންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ ޢިލްމުވެރިންނަކީ މުޖުތަމަޢުގެ ޤަދަރުވެރި ބައެއްކަމާއި ރިވެތި ނަމޫނާ ދައްކަވަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ދީނީ ކަންކަން ރާވާ ހިންގުމުގައި އުޅުއްވާ ފަޟީލަތުއްޝައިޙް ބަދްރު ބިން ނާޞިރް އަލްޢިންޒީއާއި ދިވެހިރާއްޖެއަށް ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅުއްވާފައިވާ ސަފީރު މަތްރިކް އައްދައުސަރީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު ޞުރުޙީއަކީ “އިންސާނީ މުޖުތަމަޢުގައި ސިލްމާ، ސަލާމަތާއި އަމާންކަން ޤާއިމުކުރުމުގައި ކީރިތި ރަސޫލާ صلى ﷲ عليه وسلم ގެންގުޅުއްވި ގޮތް” މިއެވެ. މި ދައުރާ ޕްރޮގްރާމްގައި ބައިވެރިވަނީ ދިވެހިރާއްޖާގެ ޢިލްމުވެރިންނާއި، ޚަޠީބުންނާއި އިމާމުން އަދި ދާއީންނެވެ.

- ކޮމެންޓް