ކ. މާލެ
|
24 ޖޫން 2022 | ހުކުރު 18:04
ލަންކާގައި ތެޔޮ ގަތުމަށް ކިއުގައި ޖެހިގެން ތިބި މީހުން
ލަންކާގައި ތެޔޮ ގަތުމަށް ކިއުގައި ޖެހިގެން ތިބި މީހުން
ރޮއިޓާރސް
ލަންކާގެ އިގުތިސާދީ ކާރިސާ
މިހަފުތާގައި ލަންކާއަށް ތެލުގެ އެއްވެސް ޝިޕްމަންޓެއް ނުލިބޭ
މިނިސްޓަރު ވަނީ މިވަގުތު ގައުމުގައި ބާކީ ހުރި ޕެޓްރޯލް ބުރާސްފަތި ދުވަހާ ހުކުތު ދުވަހު ގައުމުގެ އެކި ހިސާބުތަކުގައި ބަހަމުންދާ ކަމަށް ވިދާޅުވެފައި
ތަރުޖަމާން ވަނީ ސްޓޮކްގައި މިވަގުތު 25،000 މެޓްރިކްޓަނުގެ ޑީސެލް ވެސް ނުހުންނާނެ ކަމަށާއި 1،500 މެޓްރިކްޓަނުގެ ޕެޓްރޯލްވެސް ނުހުންނާނެ ކަމަށް ވިދާޅުވެފައި
ތަރުޖަމާން ވަނީ އެއްވެސް ޝިޕްމެންޓަކަށް ފައިސާ ދެއްކިފައި ނުވާތީ މިހަފުތާ އެގައުމަށް ތެލުގެ އެއްވެސް ޝިޕްމެންޓެއް ނާންނާނެ ކަމަށް ވިދާޅުވެފައި

ލަންކާއަށް މިހަފުތާ ޕެޓްރޯލްއާއި ޑީސެލްގެ އެއްވެސް ޝިޕްމަންޓް އެއް ނުލިބޭނެ ކަމަށް އެގައުމުގެ ސަމަގީ ޔުނައިޓެޑް ޓްރޭޑް ޔޫނިއަން ފޯސް (އެސްޔޫޓީޔޫއެފް)ގެ ތަރުޖަމާން އަނަންދާ ޕަލިތާ ވިދާޅުވެއްޖެއެވެ.

ލަންކާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާގޮތުން ބުރާސްފަތި ދުވަހު އެގައުމަށް 40،000 މެޓްރިކްޓަނުގެ ޕެޓްރޯލް ހިފައިގެން ޝިޕްމެންޓެއް އަންނާނެ ކަމަށް ޕަވަރ އެންޑް އެނަރޖީ މިނިސްޓަރު ވިދާޅުވި ނަމަވެސް އެ ޝިޕްމަންޓް ލަންކާއަށް އައިސްފައެއް ނުވެއެވެ. ހުކުރު ދުވަހު މި ޝިޕްމަންޓް އަންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ހުކުރު ދުވަހުވެސް މި ޝިޕްމަންޓް ނާންނާނެ ކަމަށް އެސްޔޫޓީޔޫއެފްގެ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަންގާރަ ދުވަހު އަންނާނެ ކަމަށް ބުނި ކްރޫޑް އޮއިލްގެ ޝިޕްމަންޓްވެސް ނާންނާނެ ކަމަށް ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

ތަރުޖަމާން ވަނީ އެއްވެސް ޝިޕްމަންޓަކަށް ފައިސާ ދެއްކިފައި ނުވާތީ މިހަފުތާ އެގައުމަށް ތެލުގެ އެއްވެސް ޝިޕްމަންޓެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން މިހާރު ސްޓޮކްގައި ބާކީ ހުރި ތެޔޮ ބެހުމުގެ މަސައްކަތް މިނިސްޓްރީން ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތަރުޖަމާން ވަނީ ސްޓޮކްގައި މިވަގުތު 25،000 މެޓްރިކްޓަނުގެ ޑީސެލް ވެސް ނުހުންނާނެ ކަމަށާއި 1،500 މެޓްރިކްޓަނުގެ ޕެޓްރޯލްވެސް ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ.

މީގެކުރިން ލަންކާގެ ޕަވަރ އެންޑް އެނަރޖީ މިނިސްޓަރު ވަނީ ބުރާސްފަތު ދުވަހު އައުމަށް ހަމަޖެހިފައިވާ ތެލުގެ ޝިޕްމަންޓް ހުކުރު ދުވަހަށް ލަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ މިވަގުތު ގައުމުގައި ބާކީ ހުރި ޕެޓްރޯލް ބުރާސްފަތި ދުވަހާ ހުކުތު ދުވަހު ގައުމުގެ އެކި ހިސާބުތަކުގައި ބަހަމުންދާނެ ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް