ކ. މާލެ
|
24 ޖޫން 2022 | ހުކުރު 13:05
މާލެ ސިޓީ ކައުންސިލުން ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން
މާލެ ސިޓީ ކައުންސިލުން ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން
މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ރައްޔިތުންގެ ބައްދަލުވުން
މާލެ ސިޓީ ރައްޔިތުންގެ ދެވަނަ ބައްދަލުވުން ޖުލައި 19 ގައި
މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ރައްޔިތުންގެ ބައްދަލުވުމުގައި އިފްތިތާޙް ކުރެވިގެން ދާނެ

ކައުންސިލްތަކުން ބާއްވަން ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މިއަހަރުގެ ދެވަނަ ބައްދަލުވުން ޖުލައިމަހުގެ 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެގޮތުން އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޖުލައި ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ލޮނުޒިޔާރަތް ޕާކުގައިކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ މި ބައްދަލުވުމަކީވެސް މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްފަދައިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން ދެއްވަން ބޭނުންވާ ޚިޔާލުތަކަށް ފުރުޞަތު ހުޅުވާލެވިގެން ކުރިއަށްދާނެ ބައްދަލުވުމެއްކަމުގައެވެ.

އަދި މި ބައްދަލުވުމަކީ ރައްޔިތުންގެ ފަރާތުން ދެއްވަން ބޭނުންވާ ޚިޔާލުތަކަށް ފުރުޞަތުދެވިގެން ދާނެ ބައްދަލުވުމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޖުލައި މަހުގެ ބައްދަލުވުމާއި ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލްގެ އިދާރީ ހިންގުމަށް އަންނަ ބޮޑު ބަދަލެއް އެރޭގެ ބައްދަލުވުމުގައި ފެނިގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ރައްޔިތުންގެ ބައްދަލުވުމުގައި އިފްތިތާޙް ކުރެވިގެން ދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރުވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް މި ބައްދަލުވުމަށް ވަޑައިގެންނެވުމަށް ދަޢުވަތު އަރުވާފައެވެ.

- ކޮމެންޓް