ކ. މާލެ
|
24 ޖޫން 2022 | ހުކުރު 12:57
ިނިއުދިއްލީގައި ކުޑަކުއްޖަކު ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ
ިނިއުދިއްލީގައި ކުޑަކުއްޖަކު ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ
ރޮއިޓަރސް
އިންޑިއާގެ ކޮވިޑް-19ގެ ހާލަތު
4 މަހަށްފަހު އިންޑިއާގެ ޑެއިލީ ކޮވިޑް ކޭސްތައް ރިކޯޑު އަދަދަކަށް
މިއީ ފެބްރުއަރީ 20 ގެ ފަހުން އެގައުމުގައި އެއް ދުވަހާ މިހާ ބައިވަރު މީހުން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރު
ހުކުރު ދުވަހު ޕޮޒިޓިވްވި 17،336 މީހުންނަކީ ބުރާސްފަތި ދުވަހު ޕޮޒިޓިވްވި އަދަދަށްވުރެ 4،000 މީހުން އިތުރު އަދަދެއް
ބުރާސްފަތި ދުވަހު އިންޑިއާއިން 13،313 ކޮވިޑް ކޭސް ރިޕޯޓުކޮށްފައިވޭ

ފެބްރުއަރީ މަހަށް ފަހު އިންޑިއާގައި ރެކޯޑް އަދަދެއްގެ މީހުން އެއް ދުވަހެއްގެ މަތިން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން ހުކުރު ދުވަހު އިންޑިއާއިން 17،336 ކޮވިޑް-19 ކޭސް ރިކޯޑުކުރެވިފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. ރޮއިޓަރސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ ފެބްރުއަރީ 20 ގެ ފަހުން އެގައުމުގައި އެއް ދުވަހާ މިހާ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހު އިންޑިއާގެ މަހަރާޝްތުރާއިން ވަނީ 5،200 މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައެވެ. މުމްބާއިން އެކަނިވެސް 2،479 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހު އިންޑިއާއިން 13،313 ކޮވިޑް ކޭސް ރިޕޯޓުކޮށްފައިވެއެވެ. ހުކުރު ދުވަހު ޕޮޒިޓިވްވި 17،336 މީހުންނަކީ ބުރާސްފަތި ދުވަހު ޕޮޒިޓިވްވި އަދަދަށްވުރެ 4،000 މީހުން އިތުރު އަދަދެކެވެ.

އިންޑިއާއިން ރިޕޯޓްކުރާ ކޮވިޑް-19ގެ ކޭސްތައް މިފަހަކަށް އައިސް ވަނީ އިތުރުވާން ފަށާފައެވެ. މިހާތަނަށް 524،954 މީހުން އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް