ކ. މާލެ
|
22 ޖޫން 2022 | ބުދަ 19:27
ޔޯގާ ހަރަކާތުގެ ހަމަނުޖެހުންތަކާ ގުޅިގެން މީހުން ހައްޔަރު ކުރުން
ޔޯގާ ހަރަކާތުގެ ހަމަނުޖެހުންތަކާ ގުޅިގެން މީހުން ހައްޔަރު ކުރުން
އަހުމަދު ސިރާޖް
ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުންތައް
ޔޯގާ ހަރަކާތުގެ ހަމަނުޖެހުންތަކާ ގުޅިގެން ޝެއިޚް ފަޒްލޫން ހައްޔަރުކޮށްފި
 
މިހާތަނަށް 9 މީހަކު މި މައްސަލައިގައި ވަނީ ހައްޔަރުކޮށްފައި
 
ފަޒްލޫންގެ އިތުރުން، ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްވެސް ހައްޔަރުކުރި
 
އޭނާ ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި

އަންގާރަ ދުވަހު ކުރިއަށްދިޔަ ޔޯގާ ހަރަކާތުގައި ހަމަނުޖެހުން އުފެއްދި މައްސަލައިގައި ޝައިޚް މުހައްމަދު ފަޒްލޫން ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަނެއްގެ ދަށުން ކަމަށް މައުލޫމާތުލިބެއެވެ.

ޔޯގާ ހަރަކާތުގެ ހަމަނުޖެހުންތަކާ ގުޅިގެން މީހުން ހައްޔަރު ކުރުން - އަހުމަދު ސިރާޖް

މި މައްސަލައިގައި އަންގާރަ ދުވަހު 6 މީހަކު ހައްޔަރުކުރިއިރު، ބުދަ ދުވަހު 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުުން ބުނެއެވެ. އަންގާރަ ދުވަހު ހައްޔަރު ކުރި މީހުންގެ ބަންދަށް މިހާރު ވަނީ މުއްދަތު ޖަހާފައެވެ.

ޔޯގާ ހަރަކާތުގެ ހަމަނުޖެހުންތަކާ ގުޅިގެން މީހުން ހައްޔަރު ކުރުން - އަހުމަދު ސިރާޖް

މީގެ އިތުރުން އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންގެ އޮޕަރޭޝަނުގެ ތެރެއިން ޝެއިޚް އާދަމް ނިޝާންވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ އެފްޑަބްލިއު ރެޒިޑެންސް ކައިރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
8%
0%
31%
15%
8%
38%
ކޮމެންޓް
23 ޖޫން 2022 | ބުރާސްފަތި 05:38
ާއާއިޝާ
މުޖުތަމަޢު އިސްލާހްކުރަން ކަންކަން ކުރަންވާ ގޮތްނޭގޭ ޝައިޚުންނަކީ ދޭކުން.