Advertisement
ކ. މާލެ
|
22 ޖޫން 2022 | ބުދަ 12:26
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަ ކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުން
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަ ކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުން
ރާއްޖެއެމްވީ
ޔޯގާ ޙަރަކާތުގެ ހަމަނުޖެހުން
ޔޯގާ ހަމަނުޖެހުން: ސީޕީ ވިދާޅުވީ ފުލުހުން އަމަލުކުރި ގޮތާމެދު ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް
ފުލުހުންގެ ފަރާތުން ކަންކަން ހިނގާފައިވާ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރި
އެ އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތުގެ އިންޓާނަލް ރިވިއުއެއް ދަނީ ކުރަމުން

އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމުގެ ހަރަކާތް ގަލޮޅު ދަނޑުގައި ކުރިއަށް ދަނިކޮށް ހިންގި ހަމަނުޖެހުމުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތާމެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޔޯގާ ޑޭ ޙަރަކާތަށް ހުރަސް އަޅައި، އެ ޙަރަކާތުގައި ބައިވެރިވި ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންގެ އިތުރުން އާންމުންގެ މީހުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެ ބައެއް މީހުންނަށްވެސް ޙަމަލާ ދީފައިވާކަން ފުލުހުންގެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބަލައި، ދިވެހި ފުލުހުންގެ ޚިދުމަތުން ރެސްޕޮންޑް ކުރި ގޮތުގެ އިންޓާނަލް ރިވިއުއެއް ކުރާނެ ކަމުގެ ޔަޤީންކަންވެސް ފުލުހުންގެ އިދާރާއިން ވަނީ ދީފައެވެ.

Advertisement

އެކަމާ ގުޅޭގޮތުން ސީޕީ ވިދާޅުވީ، ސީރިއަސް ސެކިއުރިޓީ ބްރީޗަކަށް ދިއުމުގައި ފުލުހުންގެ ފަރާތުން ކަންކަން ހިނގާފައިވާ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށެވެ. ވުމާއެކު، އެ އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތުގެ އިންޓާނަލް ރިވިއުއެއް ހަދަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެކަމާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ކުރިއަށްގެންދާ އިންކުއަރީތަކަށްވެސް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމައެއާއެކު، މި ޙަރަކާތުގެ ތެރެއިން ހަމަނުޖެހުން އުފެއްދި ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން، ފުލުހުންގެ އޮޕަރޭޝަންތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުޤީޤުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި އަމަލު ހިންގި މީހުން ބޭނުން ކޮށްފައިވާ ބައެއް އާލަތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުންކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް