ކ. މާލެ
|
22 ޖޫން 2022 | ބުދަ 08:55
ރޮމެލޫ ލުކާކޫ
ރޮމެލޫ ލުކާކޫ
ޓްވިޓަރ
އިންޓަރ މިލާން
ލޯނު އެއްބަސްވުމެއްގެ ދަށުން ލުކާކޫ އެނބުރި އިންޓަރއަށް
 
ލޫކާކޫ އިންޓަރ މިލާނަށް ބަދަލުވަނީ އަށް މިލިއަން ޔޫރޯގެ ލޯނަކަށް

ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ސްޓްރައިކަރ ރޮމެލޫ ލުކާކޫ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކުލަބް އިންޓަރ މިލާނަށް ބަދަލުވާން ނިންމައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގައި ހުރުމަށްފަހު ލުކާކޫ އިންޓަރ މިލާނަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ޓީމަށް 95 މެޗު ކުޅެދީ 64 ލަނޑު ޖަހައިދިނުމަށްފަހު، އޭނާ ޗެލްސީއަށް ބަދަލުވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ޗެލްސީއާއެކު ހޭދަކުރި މުއްދަތުގައި ލުކާކޫ ވަނީ އެ ޓީމަށް 44 މެޗު ކުޅެދީ 15 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ޗެލްސީއާއެކު ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެފްއޭ ކަޕާއި ކަރަބޯ ކަޕްގެ ރަނަރއަޕް ކަން ހޯދިއެވެ.

ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ލޫކާކޫ އިންޓަރ މިލާނަށް ބަދަލުވަނީ އަށް މިލިއަން ޔޫރޯގެ ލޯނަކަށެވެ. އަދި އިންޓަރއަށް އެނބުރި ދާން ބޭނުންވާތީވެ، ލުކާކޫ ވަނީ އޭނާގެ މުސާރަ ކުޑަކުރަން ނިންމާފައެވެ. އަދި އޭނާގެ މުސާރަ ޗެލްސީއިން ރީ-އިންވެސްޓު ކުރާނީ އެ ޓީމުގެ ޓޮޕް ޓާގެޓުކަމަށްވާ ޖޫލްސް ކޮންޑޭ އަދި ރަހީމް ސްޓާލިން ހޯދުމަށް ކަމަށް ވެސް ރޮމާނޯ ވަނީ ބުނެފައެވެ. އަދި އޭނާ އިންޓަރ އަށް ދާން ނިންމީ އެހެން ކުލަބުތަކެއްގެ ހުށަހެޅުން ވެސް ލިބިފައި ވަނިކޮށެވެ.

މީގެ ކުރިން އިންޓަރ މިލާނާއެކު ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ޓީމާއެކު އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުގެ ރަނަރއަޕް ކަން ހޯދާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް