ކ. މާލެ
|
22 ޖޫން 2022 | ބުދަ 07:10
ބާރ ކައުންސިލްގެ ރައީސް މައުމޫން ހަމީދު
ބާރ ކައުންސިލްގެ ރައީސް މައުމޫން ހަމީދު
ޝުއައިބް މުހައްމަދު އިގްބާލް
ބާރ އިމްތިހާން ނޮވެމްބަރު 19ށް
ބާރ އިމްތިހާން ނޮވެމްބަރު 19ށް ބަދަލުކޮށްފި
ބާރ އިމްތިހާން ފަސް ކުރީ ޝެޑިއުލް ކުރުމުގައި މައްސަލަތަކެއް ހުރުމުން
ކުރިން ބުނެފައިވާ ގޮތުގައި މި މަހުގެ 25 ވަނަ ދުވަހު ބާރ އިމްތިހާން ބާއްވާނެ

މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ތާވަލު ކުރި ބާރ އިމްތިހާނު އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަށް ބަދަލުކޮށްފިއެވެ.

މިކަން އާއްމުކޮށްފައިވަނީ އަންގާރަ ދުވަހު ބާރ ކައުންސިލުން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ ބާރ އިމްތިހާން ޝެޑިއުލް ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން، ގަވާއިދުގައި ބުނާ ގޮތުން ސަރުކާރު ބަންދު ދުވަސްތައް ނުލައި 90 ދުވަހުގެ ކުރިން އިމްތިހާނުގެ ތާރީހު އާއްމު ކުރަން ޖެހޭއިރު، އެ ކައުންސިލަށް ތާރީހު ކަނޑައެޅުނީ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ކަމަށެވެ.

ބާރ ކައުންސިލުން ބުނީ މި ގަވާއިދާ އެއްގޮތަށް އަމަލު ކުރާނަމަ މިހާރު ކަނޑައަޅައިފައި އޮތް ތާރީހު ކަމަށްވާ 25 ޖޫން 2022 ގައި އިމްތިހާނެއް ނުބޭއްވޭނެ ކަމަށެވެ. އަދި ގަވާއިދާ އެއްގޮތަށް ތާރީހެއް ކަނޑައަޅާ ކަމަށާއި އެއީ 19 ނޮވެމްބަރު 2022 ކަމަށެވެ.

އެ ކައުންސިލްގެ ބަޔާނުގައި ބުނީ 25 ޖޫންގައި ބާރ އިމްތިހާނަށް ރަޖިސްޓްރީވި ފަރާތްތައް އިތުރަށް ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި ނަން އަނބުރާ ނެގި ފަރާތްތައް ވެސް ހިމެނޭނެ ކަމަށާއި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި ތާރީހު އިއުލާން ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދާއިރާއަށް ނުކުންނަން ތިބި ވަކީލުންނަށް ރާއްޖޭގެ ފުރަތަމަ ބާރ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެކައުންސިލުގެ އެއްބާރުލުން ވަކީލުންނަށް ލިބޭނެ ކަމަށް ބާރ ކައުންސިލުން ނެރުނު މިބަޔާނުގައި ވަނީ ބުނެފައެވެ.

- ކޮމެންޓް