ކ. މާލެ
|
22 ޖޫން 2022 | ބުދަ 06:53
އުމުރުން ދުވަސް މީހުންނަށް އިހުމާލުވާ މައްސަލަތައް ގިނަ
އުމުރުން ދުވަސް މީހުންނަށް އިހުމާލުވާ މައްސަލަތައް ގިނަ
ޕިންޓްރެސްޓް
އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާ
އުމުރުން ދުވަސްވީ މީހުންނާއި ގުޅިގެން އެންމެ ގިނައިން ހުށަހަޅަނީ އިހުމާލުގެ މައްސަލަތައް: ފުލުހުން
 
އުމުރުން ދުވަސްވީ މީހުންނަށް އަނިޔާ ކުރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާ
 
މި މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމާއި ޖިންސީ ގޯނާ އާއި ޖިސްމާނީ އަނިޔާ ހިމެނޭ

އުމުރުން ދުވަސްވީ މީހުންނާއި ގުޅިގެން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅަނީ އިހުމާލުގެ މައްސަލަތައް ކަމަށް ފެމިލީ އެންޑް ޖެންޑަރ އެފެއާޒްގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް ޖަލީލް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީގައި ވާހަކަދައްކަވަމުން އަބްދުލް ޖަލީލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަނިޔާތަކާ ގުޅޭ ގިނަ އަދަދެއްގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން އިހުމާލުގެ މައްސަލަތައް ހުށަހަޅާއިރު އޭގެ ތެރެއިންވެސް ބެލެހެއްޓުމުގައި އިހުމާލުވުމުގެ މައްސަލަތައް ގިނަ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުލް ޖަލީލް ވިދާޅުވީ ބެލެހެއްޓުމުގައި އިހުމާލުވުމުގެ މައްސަލަތަކުގައި ގިނަ ފަހަރު އާއިލާގެ ތެރޭގައި ހަމަނުޖެހުން އުފެދި އިހުމާލުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން، ފައިސާ އާއި ވިޔަފާރި އާއި ގޯތީގެ މައްސަލަތައް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާއިލާ ތެރޭގައި މީހުން ތިބެމެ، ބެލުމުގައި ފަރުވާ ކުޑައެބަކުރެވޭ. މި މައްސަލަތަކުގެ ތަހުގީގުތައް ހިންގާއިރު އާއިލާ ތެރޭގައި ކޮންމެ ވެސް ކަހަލަ ހަމަނުޖެހުމެއް ހިންގާފަ މި އޮންނަނީ. ގޯތީގެ މައްސަލައިގައި، ލިބޭ ފައިސާގެ މައްސަލައިގައި، ވިޔަފާރިއެއްގެ މައްސަލައިގައި، ނުވަތަ އެންމެ އިސްކޮށް ހުންނަ ދަރިއޭ ބަލަން ޖެހޭނީ، އެ ވިސްނުމުގެ މައްސަލައިގައި ނުވަތަ އުޅެން ޖެހޭ ބިޒީ ކަމުން އަޅާ ނުލެވެނީ
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް ޖަލީލް އިބްރާހިމް

އިހުމާލުގެ މައްސަލަތަކުގެ އިތުރުންވެސް އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ ގިނަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާކަމުގައި އަބްދުލް ޖަލީލު ވިދާޅުވިއެވެ. މީގެ ތެރޭގައި ޕެންޝަން ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އުމުރުން ދުވަސްވީ މީހުންނަށް ޖިންސީ އަނިޔާ ކުރުމާއި ޖިސްމާނީ ގޮތުން އަނިޔާ ކުރުމުގެ މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަބްދުލް ޖަލީލު ވިދާޅުވީ ޕެންޝަން ލިބޭ އުމުރުން ދުވަސްވާ ބައެއް މީހުންނަށް އެ ފައިސާ ލިބޭ ކަން ނޭނގި ހުންނަ ކަން ފާހަގަކުރެވޭ ކަމަށާއި އެ ފަދަ މައްސަލަތަކުގައި އެ ފައިސާ އާއިލާގެ ކޮންމެވެސް މީހަކު ބޭނުންކޮށްފައި ހުންނަކަން ވެސް ހުށަހަޅާ ބައެއް މައްސަލަތަކުގެ އަލީގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި