ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 23:51
މެޗުގައި ތަފާތުދެއްކި އަޝްވަލް ރާއީ: ފޮޓޯ-އަބުދުﷲ ޔަޝާއު
މެޗުގައި ތަފާތުދެއްކި އަޝްވަލް ރާއީ: ފޮޓޯ-އަބުދުﷲ ޔަޝާއު
ވޮލީބޯޅަ އެސޯސިއޭޝަންކަޕް
ޗެމްޕިއަން ސިފައިން އަތުން ފަސޭހައިން މޮޅުވެ، ވެމްކޯ ފައިނަލަށް
ފައިނަލްގައި ވެމްކޯ ވާދަކުރާނީ ސްޕޯރޓްސް ކްލަބް ސިޓީއާ

ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް އަތުން ފަސޭހައިން މޮޅުވެ, ވޮލީބޯޅަ އެސޯސިއޭޝަންކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލްގެ ދެވަނަ ޖާގަ ކްލަބް ވެމްކޯއިން ހޯދައިފިއެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ފައިނަލްގައި ވެމްކޯ ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ ހޯދައިގެން ފައިނަލްގެ ސީދާ ޖާގަ ހޯދި ސްޕޯރޓްސް ކްލަބް ސިޓީއާއެވެ. އަންގާރަ ދުވަހުގެރޭ ކުޅުނު ޕްލޭއޮފްގައި ވެމްކޯއިން ސެޓްތައް ގެންދިޔައީ 25-18, 25-22 އަދި 25-22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ އަޝްވަލް ރާއީއެވެ. މެޗުގައި ތަފާތު ދެއްކީވެސް އިންޑިޔާގެ ސެންޓަރ ބްލޮކަރެވެ. ލީގު ބުރުގައި ސިފައިން ވަނީ ވެމްކޯ ބަލިކޮށްފައެވެ.

ލީގު ބުރުގައި ސިޓީ އަތުން ވެމްކޯ ވަނީ މޮޅުވެފައެވެ. ސިޓީ މުބާރާތުގައި ބަލިވި ހަމައެކަނި މެޗަކީވެސް އެއީއެވެ.

- ކޮމެންޓް