ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 19:44
ލީގު މެޗެއްގައި ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިން
ލީގު މެޗެއްގައި ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިން
އެފްއޭއެމް
އުރީދޫ ދިވެހި ޕްރިމިއަރ ލީގު
ލީގު އަލުން ފަށައިފި، މެޗުން މޮޅުވެ ޔޫވީ ތިނަކަށް!
 
ޔޫވީ ތިންވަނާގައި އޮތީ 20 ޕޮއިންޓާއެކު

މެދުކެނޑުމަކަށްފަހު އުރީދޫ ދިވެހި ޕްރިމިއަރ ލީގު އަލުން ފެށި މެޗު ކާމިޔާބުކޮށް, ޔުނައިޓެޑް ވިކްޓްރީ ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ.

ލީގު އަލުން ފެށީ ޔުނައިޓެޑް ވިކްޓްރީއާއި ދަ ގްރާންޑޭގެ މެޗުންނެވެ. މެޗު 2-1ން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓްރީއެވެ. މެޗުގައި ފުރަތަމަ ދެގޯލް ޖަހައި ކުރިހޯދީ ޔުނައިޓެޑް ވިކްޓްރީންނެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނިޓްގައި ޖެހީ އިވާން ވެރާސްއެވެ. ދެވަނަ ލަނޑު 80 ވަނަ މިނިޓްގައި ޖެހީ ލަމާން ޒުހެއިރުއެވެ. ދަ ގްރާންޑޭގެ ހަމައެކަނި ލަނޑު 87 ވަނަ މިނިޓްގައި ޖެހީ އިސްމާއީލް މަފާޒު އިބްރާހީމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޔުނައިޓެޑް ވިކްޓްރީގެ މިލޯސްކޮވަސެވިޗްއެވެ.

މިމޮޅާއެކު ޔުނައިޓެޑް ވިކްޓްރީއަށް ތިންވަނަ ލިބެނީ 13 މެޗުން 20 ޕޮއިންޓާއެކުއެވެ. އެއްވަނާގައި މާޒިޔާ އޮތީ 12 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އީގަލްސް އޮތީ 12 މެޗުން 28 ޕޮއިންޓާއެކުއެވެ. ލީގުގައި އަންގާރަ ދުވަހުގެރޭ ވާދަކުރާނީ ކްލަބް އީގަލްސާއި ވެލެންސިޔާއެވެ.

ލީގު އަލުން މިފެށީ އޭއެފްސީކަޕްގައި މާޒިޔާ ކުޅެންޖެހޭ ގްރޫޕް ސްޓޭޖްގެ މެޗުތަކަށާއި, އޭޝިޔަންކަޕް ކޮލިފައިންގައި ގައުމީ ޓީމް ކުޅެން އޮތް މެޗުތައް މެދުކަނޑާލުމަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް