ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 14:25
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން
ރާއްޖެއެމްވީ
ޔޯގާ ޙަރަކާތުގެ ހަމަނުޖެހުން
ހަމަނުޖެހުންތައް ހިންގަން އާލަތްތައް ނެރުނީ ޕީޕީއެމް އޮފީހުން: ފުލުހުން
ފުލުހުންގެ ޚިދުމަތުން ރެސްޕޮންޑް ކުރި ގޮތުގެ އިންޓަރނަލް ރިވިއުއެއް ކުރާނެ
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދޭ
ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދޭ

އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމުގައި ބޭނުންކުރި އާލަތްތައް ނެރެފައިވަނީ ޕީޕީއެމް އޮފީހުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ޔޯގާ ޑޭ ޙަރަކާތަށް ހުރަސް އަޅައި، އެ ޙަރަކާތުގައި ބައިވެރިވި ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންގެ އިތުރުން އާންމުންގެ މީހުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެ ބައެއް މީހުންނަށްވެސް ޙަމަލާ ދީފައިވާ ކަމަށެވެ.

ހަމައެއާއެކު، ބައެއް ތަކެއްޗަށްވެސް ގެއްލުން ދީފައިވާއިރު، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

އަދި އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި އަމަލު ހިންގި މީހުން ބޭނުން ކޮށްފައިވާ ބައެއް އާލަތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުންކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

އޭގެ އިތުރުން، މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބަލައި، ދިވެހި ފުލުހުންގެ ޚިދުމަތުން ރެސްޕޮންޑް ކުރި ގޮތުގެ އިންޓަރނަލް ރިވިއުއެއް ކުރާނެ ކަމުގެ ޔަޤީންކަންވެސް ފުލުހުން ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް