ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 13:40
ވިނީޝިއަން ޖޫނިއަރ
ވިނީޝިއަން ޖޫނިއަރ
ޓްވިޓަރ
ރެއާލް މެޑްރިޑް
ވިނީޝިއަސް ރެއާލްގައި މަޑުކުރާނެ
 
އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގައި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ވިންގަރ ވިނީޝިއަން ޖޫނިއަރ އެ ކުލަބުގައި މަޑު ކުރަން ނިންމައިފިއެވެ.

އުމުުރުން 22 އަހަރުގެ ވިނީޝިއަސް ރެއާލަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އޭނާ ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ.

ވިނީޝިއަސް ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ހުންނާނީ ދުނިޔޭގެ އެންމެ ބޮޑު ކުލަބު ރެއާލް މެޑްރިޑުގައި ކަމަށެވެ. ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ރެއާލްގެ ރައީސް ފްލޮރެންޓިނޯ ޕެރޭޒް ބޭނުންވަނީ ވިނީޝިއަސް ދިގު މުއްދަތަކަށް ރެއާލްގައި ބަހައްޓަންށެވެ. އަދި ރެއާލާއެކު ވިނީޝިއަސް ހަދާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގައިކަމަށެވެ. މީގެ އިތުރުން ރޮމާނޯ ބުނީ ވިނީޝިއަސް ރެއާލްގައި މަޑުކުރާނެކަން ރަސްމީކޮށް އިއުލާން ކުރާނީ އަންނަ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.

ވިނީޝިއަން ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 170 މެޗުގައި 37 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އެ ޓީމާއެކު ސްޕެނިޝް ލަލީގާ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ވިނީޝިއަން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ކުޅެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް