ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 08:25
ނީސްގެ ކޯޗު ގަލްޓިއާ
ނީސްގެ ކޯޗު ގަލްޓިއާ
ޓްވިޓަރ
ޕެރިސް ސެއިންޓާ ޖާމަން
ޕީއެސްޖީގެ ކޯޗުކަމަށް ގަލްޓިއާ ހަމަޖެއްސުމަށް މަސައްކަތްކުރަނީ
 
ޕީއެސްޖީން އަންނަނީ ގަލްޓިއާއާ މަޝްވަރާތައް ކުރަމުން

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗުކަމަށް ނީސްގެ ކޯޗު ކްރިސްޓޮފާ ގަލްޓިއާ ހަމަޖެއްސުމަށް އެ ކުލަބުން މަސައްކަތް ފަށައިފިއެވެ.

ޕީއެސްޖީން ބޭނުންވަނީ އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި މިހާރު ހުރި އާޖެންޓީނާގެ ޕޮޗެޓީނޯ ވަކިކުރާށެވެ. ޕޮޗެޓީނޯގެ ބަދަލުގައި ޕީއެސްޖީން ޒިނެދީން ޒިދާން ހޯދުމުގެ މަސައްކަތް ކުރި ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ. ނަމަވެސް ޒިދާން ބޭނުންވަނީ ވޯލްޑް ކަޕަށްފަހު ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާށެވެ.

ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ޕީއެސްޖީން އެ ޓީމުގެ ކޯޗުކަމުގެ މަގާމަށް ގަލްޓިއާ ހަމަޖެއްސުމާ ގާތަށް ޖެހިލައިފިކަމަށެވެ. އަދި ގަލްޓިއާއަކީ ދާދި ފަހުން ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ކަމްޕޯސް ބޭނުންވާ ކޯޗު ކަމަށެވެ. މިކަމާ ގުޅިގެން ޕީއެސްޖީއާ ގަލްޓިއާއާ ދެމެދު މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އުމުރުން 55 އަހަރުގެ ގަލްޓިއާ ކޯޗިން ކެރިއަރު ފެށީ 2009 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އޭނާ ކޯޗުކަން ކޮށްދިނީ ސެއިންޓް އެޓިއޭންއަށެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ލީލްގެ ކޯޗު ކަމާ ވެސް ހަވާލުވިއެވެ. މިހާރު އޭނާ އިރުޝާދު ދެމުން އަންނަ ނީސްއަށް އޭނާ ބަދަލުވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް