ކ. މާލެ
|
20 ޖޫން 2022 | ހޯމަ 07:50
ކޯޗު ސޮބާ ޓީމްގެ ކުޅުންތެރިންނާ ވާހަކަދައްކަނީ
ކޯޗު ސޮބާ ޓީމްގެ ކުޅުންތެރިންނާ ވާހަކަދައްކަނީ
ނިއުރޭޑިއަންޓް އެނބުރި އައުމުގެ މަސައްކަތް
ދެވަނަ ޑިވިޝަންގައި ވާދަކުރަން ނިއުރޭޑިއަންޓް ޕްރެކްޓިސް ކުރަނީ
 
ނިއުރޭޑިއަންޓް ޕްރެކްޓިސް ކުރަނީ ކްލަބްގެ ނަމުގައެއް ނޫން

އަންނަ މަހު ފަށާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ރާއްޖޭގެ އެންމެ ބޮޑު ކްލަބް ނިއުރޭޑިއަންޓުން ޕްރެކްޓިސް ކުރަން ފަށައިފިއެވެ. ނިއުރޭޑިއަންޓްގެ ނަމުގައި ނޫނަސް އެކްލަބުން ޕްރެކްޓިސް ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ދެވަނަ ޑިވިޝަންގައި ވާދަކުރަން ޕްރެކްޓިސް ކުރަމުން އަންނަ ޓީމްގައި ހިމެނެނީ ނިއުރޭޑިއަންޓްގެ ސަޕޯޓަރުންނަށްޓަކައި ކަމަށް ބުނެ, ރަޖިސްޓްރީ ކުރި ރޭޑިއަންޓް ސްޕޯރޓްސް ކްލަބަށް ސޮއިކުރި ކުޅުންތެރިންނެވެ. ކޯޗަކީ އެކްލަބްގެ ކޯޗަކަށް ހަމަޖެއްސި ނިއުރޭޑިއަންޓްގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ސޮބާހު މުޙައްމަދެވެ. ރޭޑިއަންޓަށް މުބާރާތުގައި ބައިވެރި ނުވެވެވޭނެކަން އެންގުމުން ރޭޑިއަންޓްގެ ބޯޑްގައި ހިމެނެނު ގިނަ ބޭފުޅުން ވަނީ އާ އިންތިޚާބަކާއެކު ނިއުރޭޑިއަންޓާ ހަވާލުވެފައެވެ. ނިއުރޭޑިއަންޓް އަލުން ގެނައުމުގެ މަސައްކަތް އެބޯޑުން ކުރަމުންދަނީ ސަރުކާރުގެ އެހީތެރިކަން ލިބިގެންނެވެ. އަދި އެފްއޭއެމްއިންވެސް އެއްބާރުލުން ދެއްވާކަމަށް ބޯޑުން ވަނީ ބުނެފައެވެ.

ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އުވާނުލި ނަމަވެސް މިމަހު އޮތް ކޮންގްރެސްއިން ނިންމާފައިވަނީ ނިއުރޭޑިއަންޓްގެ ދަރަނި ދެއްކުމުން ސަސްޕެންޝަން އުވާލުމުގެ ބާރު އެފްއޭއެމްގެ އެކްސްކޯއަށް ދިނުމަށެވެ. ދަރަނި އަދާކުރުމުގެ މަސައްކަތް ނިއުރޭޑިއަންޓްގެ ބޯޑުން ދަނީ ކުރަމުންނެވެ. އެކަމަކު އާދިއްތަ ދުވަހު ހަވީރު ޗެއަރމަން އަހުމަދު ވާސިފް ވިދާޅުވީ އަދި ދަރަނި ނުދެއްކޭ ކަމަށެވެ. އެކަމަކު އިތުބާރުހުރި ގޮތެއްގައި ކަށަވަރުވެފައިވާ ގޮތުން ހަފްތާއެއްގެ ތެރޭގައި ބިދޭސީ ހަތަރު ކުޅުންތެރިންވެސް ނިއުރޭޑިއަންޓްގެ ޓީމާ ގުޅޭނެއެވެ.

މުބާރާތް ފެށުމުގެ ކުރިން ބިދޭސީ ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާ ފީފާއަށް ދައްކާ ފީފާގެ ސަސްޕެންޝަނުން ނިއުރޭޑިއަންޓް ސަލާމަތްވެ, މުބާރާތުގައި ވާދަކުރާނެކަމަށް ވަނީ މައުލޫމާތުލިބިފައެވެ. ނިއުރޭޑިއަންޓްގެ ފަހުން ސަސްޕެންޑް ކުރި ވިކްޓްރީއާ އާބޯޑެއް ހަވާލުވެ, ދަރަނި ދެއްކުމުން އެކްލަބްގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ. އަދި ބިދޭސީ ކުޅުންތެރިންނާއެކު ވިކްޓްރީން އަންނަނީ ދެވަނަ ޑިވިޝަނަށް ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
17%
0%
0%
0%
0%
83%
ކޮމެންޓް
20 ޖޫން 2022 | ހޯމަ 21:19
ީޗިކާޔާ
މިތިބީ އިންތިޒާރުގަ އެންމެންގުޅިގެން ފުޓްބޯޅަ ކުރިއަށް..