ކ. މާލެ
|
19 ޖޫން 2022 | އާދީއްތަ 15:59
ވެމްކޯގެ އަމިތު ސިންހުގެ ވަދާއީ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ-ކްލަބް ވެމްކޯ
ވެމްކޯގެ އަމިތު ސިންހުގެ ވަދާއީ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ-ކްލަބް ވެމްކޯ
ވޮލީބޯޅަ އެސޯސިއޭޝަން ކަޕް
ވެމްކޯގެ އަމިތްސިންހު އަށް މުބާރާތުގައި ދެން ނުކުޅެވޭނެ، އޭނާ ފުރައިފި
އަމިތު ސިންހު އަށް ކުޅެވުނީ ފުރަތަމަ މެޗުގެ ބައެއްގައި

ވޮލީބޯޅަ އެސޯސިއޭޝަންކަޕްގެ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފައިވާ ވެމްކޯގެ ބިދޭސީ ތިން ކުޅުންތެރިންގެ ތެރެއިން އަމިތުސިންހު އަށް ދެން އިތުރަށް ނުކުޅެވޭނެތީ އޭނާ އެނބުރި ހިނގައްޖެއެވެ.

އަމިތުސިންހު ގެ ކަކުލަށް އަނިޔާވީ މުބާރާތުގައި ވެމްކޯ ކުޅުނު ފުރަތަމަ މެޗުގައެވެ. ވެމްކޯ ޕްލޭއޮފްގެ ޖާގަ ހޯދީ އޭނާއާއި ނުލައެވެ. ވެމްކޯގެ ކޯޗު އިބްރާހީމް ނިޒާރު ބުނެފައިވަނީ އެއީ ޓީމަށް ކުރިމަތިވި ގޮންޖެހުމެއްކަމަށެވެ. އެކަމަކު ޕޮލިސް ކްލަބް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރުމުގެ ފުރުޞަތު ވެމްކޯއިން ހޯދީ އަމިތުސިންހު ނުލައެވެ. ފައިނަލްގެ ޖާގައެއް ހޯދަން ވެމްކޯ ވާދަކުރަން ޖެހޭނީ ދިވެހި ސިފައިންގެ ކްލަބް ނުވަތަ ޕޮލިސް ކްލަބްއާއެވެ. ވާދަކުރަންޖެހޭ ޓީމް ކަށަވަރުވާނީ މިރެއެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ހަ ޓީމްގެ ތެރެއިން ކޮންމެ ޓީމަކަށްވެސް ބިދޭސީ ތިން ކުޅުންތެރިން ދިނީ އެސޯސިއޭޝަނުންނެވެ. އިންޑިޔާގެ 18 ކުޅުންތެރިން މުބާރާތުގައި ވާދަކުރާ ހަ ޓީމަށް ބަހާލީ ގުރުއަތުލައިގެން, ގުރުން ދިމާވި ތަރުތީބުން ކުޅުންތެރިން ނަގައިގެންނެވެ. ކޮންމެ ޓީމެއްގައިވެސް ބިދޭސީ ތިން ކުޅުންތެރިން ހިމެނޭތީ ކޮންމެ ޓީމެއްވެސް އޮތީ އެކުޅުންތެރިންނަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް