ކ. މާލެ
|
19 ޖޫން 2022 | އާދީއްތަ 09:29
ޑި މާރިއާ
ޑި މާރިއާ
ޓްވީޓަރ
އެންހެލް ޑި މާރިއާ
ޑި މާރިއާ ހޯދުމަށް ޔުވެންޓަސްއިން ދެވަނަ ބިޑެއް ކުރަނީ
 
ޔުވެންޓަސްއިން ފުރަތަމަ ކުރި ބިޑު އޭނާ ވަނީ ރިޖެކްޓުކޮށްފައި

އާޖެންޓީނާގެ އެޓޭކިން މިޑްފީލްޑަރު އެންހެލް ޑި މާރިއާ ހޯދުމަށް އިޓަލީގެ ޔުވެންޓަސްއިން ދެވަނަ ބިޑެއް ކުރަން ތައްޔާރުވެއްޖެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޑި މާރިއާ ހޯދުމަށް ޔުވެންޓަސްއިން ފުރަތަމަ ހުށަހެޅި ހުށަހެޅުން އޭނާ ވަނީ ބަލައިނުގަންނަން ނިންމާފައެވެ. އެއާއެކު އޭނާ ހޯދުމަށް ޔުވެންޓަސް އިން މިހާރު އަންނަނީ އިތުރު ހުށަހެޅުމެއް ހުށަހަޅަން ތައްޔާރުވަމުން ކަމަށް މީޑިއާތަކުގައިވެއެވެ. ޔުވެންޓަސްގެ އިތުރުން ސްޕެއިންގެ ބާސެލޯނާއިން ވެސް ޑި މާރިއާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިހާރު އެ ޓީމުން ހުށަހަޅަން ތައްޔާރުވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، މުއްދަތު އިތުރު ކުރެވޭ ގޮތަށެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ހަތް އަހަރު ހޭދަކުރުމަށްފަހު ޑި މާރިއާ ވަނީ އެ ކުލަބް ދޫކޮށްލަން ނިންމާފައެވެ. އޭނާ ޕީއެސްޖީ ދޫކޮށްލަން ނިންމީ އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ.

ޑި މާއިރާ ވަނީ މީގެ ކުރިން ބޮޑެތި ކުލަބުތަކަށް ކުޅެދީފައެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑް ހިމެނެއެވެ. އޭނާ ވަނީ އެ ޓީމަށް ކުޅެދިން 194 މެޗުގައި 37 ލަނޑު ޖަހާފައެވެ. ރެއާލް ދޫކޮށް ދެން ޑި މާރިއާ ބަދަލުވީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. އޭނާ ވަނީ ޔުނައިޓެޑަށް 32 މެޗު ކުޅެދީފައެވެ. އޭގެ ފަހުން ޕީއެސްޖީއަށް ބަަދަލުވެ އެ ޓީމަށް 295 މެޗު ކުޅެދީ 92 ގޯލު ޖަހާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް