ޕޮލިސް ކްލަބް ބަލިކޮށް, ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޕްލޭއޮފުން ވެމްކޯ ޖާގަ ހޯދައިފިއެވެ. ލީގު ބުރު ނިމޭއިރު ގަދަ ތިނެއްގެ ޖާގައެއް ވެމްކޯއިން ޔަޤީންކުރީ 3-1 ސެޓުން ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ.
ލީގު ބުރުގެ އެއްވަނަ ހޯދައިގެން ސްޕޯރޓްސް ކްލަބް ސިޓީ ވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ އާއި ތިންވަނަ ޓީމް ވާދަކުރާ ޕްލޭއޮފްއިން މޮޅުވާ ޓީމަކަށެވެ. ޕްލޭއޮފްގައި ވާދަކުރާނެ އެއް ޓީމަކީ ވެމްކޯއެވެ. ދެވަނަ ޖާގައަށް ވާދަކުރަނީ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބެވެ. އެކަމަކު ޕޮލިސް ކްލަބަށް ފުރުޞަތު އޮތީ މިރޭ ސިފައިންގެ ކްލަބް ގުޑީސް އަތުން ފަސް ސެޓަށް ނުގޮސް ބަލިވެގެންނެވެ. މެޗުން މޮޅުވެގެން ޕްލޭއޮފްގެ ޖާގަ ސިފައިންނަށް ލިބޭނެއެވެ. ފަސް ސެޓަށް ގޮސްގެން ބަލިވި ނަމަވެސް ސިފައިންނަށް ފައިނަލްގެ ފުރުޞަތު ލިބޭނެއެވެ.
ވެމްކޯއިން ޕޮލިސް ކްލަބް ބަލިކުރީ ފުރަތަމަ ސެޓް 25-20 ން ޕޮލިސް ކްލަބް ގެންގޮސްފައި ވަނިކޮށް, ޖެހިގެން އައި ތިން ސެޓް ހޯދައިގެންނެވެ. ވެމްކޯ ތިން ސެޓް ގެންދިޔައީ 26-24, 25-18, އަދި 25-14 ނެވެ.