ކ. މާލެ
|
17 ޖޫން 2022 | ހުކުރު 17:32
މެރަތަންގައި ބައިވެރިވި ދިވެހި ޓީމު
މެރަތަންގައި ބައިވެރިވި ދިވެހި ޓީމު
ރާއްޖެ އެމްވީ
ލެގޫނާ މެރަތަން
ލެގޫނާ މެރަތަންގައި ބައިވެރިވި އެތުލީޓުން ރާއްޖެ އަތުވެއްޖެ
 
މެރަތަންގައި ރާއްޖެ ތަމްސީލުކުރީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑު އޮންނަ ނަސްރުﷲ އަހުމަދު (ނަސްރު)ގެ ކޯޗުގެ ކަމުގެ ދަށުން ތަމްރީނު ހަދަމުން އަންނަ އާއިޝަތު ރާނިޔާ އާއި ސިފައިންގެ މެރަތަން

ލެގޫނާ ފުކެޓް މެރަތަންގައި ބައިވެރިވި ދިވެހި އެތުލީޓުން ރާއްޖެ އަތުވެއްޖެއެވެ.

މި އެތުލީޓުން ރާއްޖެ އައިސްފައިވަނީ ބުރާސްފަތު ދުވަހުގެ ރޭގެ ވަގުތެެއްގައެވެ.

ތައިލެންޑުގެ ފުކެޓްގައި ކުރިއަށް ދިޔަ މި މެރަތަންގައި ރާއްޖެ ތަމްސީލުކުރީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑު އޮންނަ ނަސްރުﷲ އަހުމަދު (ނަސްރު)ގެ ކޯޗުގެ ކަމުގެ ދަށުން ތަމްރީނު ހަދަމުން އަންނަ އާއިޝަތު ރާނިޔާ އާއި ސިފައިންގެ މެރަތަން ޓީމުގައި ހިމެނޭ މުހައްމަދު ރަޝީރު (މޯޑު)އެވެ. މިފަހަރުގެ މެރަތަންގައި ވެސް ނަސްރުވަނީ ދުވެފައެވެ. މިއީ ނަސްރުގެ 81 ވަނަ މެރަތަންއެވެ.

މެރަތަންގައި ނަސްރު ވަނީ ރާނިޔާގެ ޕޭސްމާކަރެއްގެ ގޮތުގައި ދުވެފައެވެ. މި މެރަތަންގައި ބައިވެރިވެ ރާނިޔާ ވަނީ ޖުމުލަ ދެ މެޑަލް ހޯދާފައެވެ. އެއީ ފަސް ކިލޯމީޓަރުގެ އޯޕަން ކެޓަގަރީން އެއް ވަނަ އާއި ހާފް މެރަތަން އޭޖް ކޭޓަގަރީން އެއް ވަނައެވެ. މީގެ އިތުރުން މޯޑު ވަނީ ފަސް ކިލޯމީޓަރުގެ އޯވަރަލް ބައިންނާއި ފަސް ކިލޯ މީޓަރުގެ އޯޕަން ބައިން ދެ ވަނަ ހޯދާފައެވެ. އަދި މީގެ އިތުރުން މޯޑު ވަނީ ހާފް މެރަތަން އޯވަރަލް އިން ދެ ވަނަ އާއި ހާފް މެރަތަން އޭޖް ކެޓަގަރީން ވެސް ދެ ވަނަ ހޯދާފައެވެ.

ފަސް ކިލޯމީޓަރުގެ ރޭސް ރާނިޔާ ނިންމީ 21 މިނެޓާއި 30.9 ސިކުންތުންނެވެ. މީގެ އިތުުރުން ރާނިޔާ ހާފް މެރަތަންގެ އޭޖް ކެޓަގަރީގެ އެއް ވަނަ ހޯދީ 1 ގަޑިއިރާއި 54.01 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރާނިޔާ މި ރޭސް ނިންމީ ދެ ވަނަ ލިބުނު މިރަންޓީ ކަޕްސަޕް އަށްވުރެ 19 ސިކުންތު އަވަހަށް ރޭސް ނިންމައިގެންނެވެ.

މޯޑު ވަނީ ފަސް ކިލޯމީޓަރުގެ ރޭސް 16 މިނެޓާއި، 31.9 ސިކުންތުން ނިންމާފައެވެ. މީގެ އިތުރުން މޯޑު ވަނީ ހާފް މެރަތަން ބައިން އޯޕަން ކެޓަގަރީ އާއި އޭޖް ކެޓަގަރީގެ ބައި ނިންމީ 1 ގަޑިއިރާއި 19 މިނެޓުންނެވެ.

މި ކާމިޔާބީއާ ގުޅޭ ގޮތުން ނަސްރު ބުނީ ދެ އެތުލީޓުން ހޯދި ކާމިޔާބީއާ މެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.

މި ދެ އެތުލީޓުން ހޯދި ކާމިޔާބާމެދު ވަރަށް ހިތްހަމަ ޖެހޭ. އަޅުގަނޑުމެންގެ ޓާގެޓަކީ ރާއްޖެއަށް އެއް ވަނަ ހޯދުން. އެއީ މިއީ އިންޓަރނޭޝަނަލް މުބާރާތަކަށްވެފައި، އެއް ވަނައަށް ޓާގެތުކޮށްގެން އެ އިވެންޓުތަކަށް ބަލާފަ އެގޮތަށް ޓްރެއިނިން ބިނާކުރީ.
ނަސްރުﷲ އަހުމަދު (ނަސްރު)

މިކަމާ ގުޅިގެން ރާނިޔާ ބުނީ ލިބުނު ކާމިޔާބާ މެދު ހިތްހަމަ ޖެހޭކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް މުބާރަތްތަކުގައި ވެސް ރަނގަޅު ނަތީޖާއެއް ނެރުންކަމަށެވެ. މޯޑު ބުނީ މެރަތަންގައި އޭނާ ދުވި އިރު ވެސް އަނިޔާގައި ހުރި ކަމަށެވެ. އެހެން ކަމުން މި ކާމިޔާބަށް އުފާކުރާކަމަށެވެ. އަދި އުންމީދަކީ އަނިޔާއިން ރަނގަޅުވެ ކުރިއަށް ހުރި މުބާރާތްތަކުގައި މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ.

މި އިވެންޓުގައި ސިފައިންގެ މެރަތަން ޓީމުގެ ސްޕޮންސަރައަކީ މާޒިޔާ ޕްރައިވެޓް ލިމެޓެޑުގެ އިތުރުން މެރަތަން ޝޮޕްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް