ކ. މާލެ
|
17 ޖޫން 2022 | ހުކުރު 12:36
މިދިޔަ ކުޑަ އީދުގައިވެސް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ވަރަށް ބޮޑުވި
މިދިޔަ ކުޑަ އީދުގައިވެސް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ވަރަށް ބޮޑުވި
މޯލްޑިވިއަން
މޯލްޑިވިއަންގެ ދަތުރުތައް
އީދު ބަންދުގައި ބައެއް މަންޒިލްތަކަށް އިތުރު ފްލައިޓުތައް ބާއްވާނެ: މޯލްޑިވިއަން
އީދު ބަންދަށް ގިނަ އަދަދެއްގެ ބަޔަކު ޓިކެޓު ނަގަމުންދޭ

އީދު ބަންދުގައި މޯލްޑިވިއަނުން ބައެއް މަންޒިލްތަކަށް އިތުރު ފްލައިޓުތައް ބާއްވާނެ ކަމަށް އައިލެންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާޢިޝަތު ޖެނިފާ ލަޠީފު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޖެނިފާ ވިދާޅުވީ އީދު ބަންދަށް ގިނަ އަދަދެއްގެ ބަޔަކު ޓިކެޓު ނަގަމުންދާ ކަމަށާއި، ޑިމާންޑަށް ބެލުމަށްފަހު އިތުރު ފްލައިޓުތަކުގެ ދަތުރުތައް ބޭއްވުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

ޖެނިފާ ވިދާޅުވީ ވެއިޓްލިސްޓު ކުރާ މިންވަރަކުން ފްލައިޓުތައް އިތުރުކުރަމުންދާ ކަމަށެވެ. ޖެނިފާ ފާހަގަކުރެއްވި ގޮތުގައި މިދިޔަ ކުޑަ އީދުގައިވެސް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ވަރަށް ބޮޑުވިއެވެ. އެއާއެކު އެދުވަސްވަރު ޝެޑިއުލް ފްލައިޓުތަކުގެ އިތުރަށް 31 ފްލައިޓުގެ ދަތުރު ބޭއްވިކަމަށް ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަން އެއަރލައިނުން އަތޮޅުތަކުގެ 14 މަންޒިލަކަށް ދަތުރު ކުރެއެވެ. މޯލްޑިވިއަން އެއާލައިނުން ދަތުރުތަކުގެ އަގު މެއި މަހު ވަނީ ބޮޑުކޮށްފައެވެ. އެ އެއާލައިނުން ގެނައި ބަދަލާއެކު މިހާރު ރާއްޖޭގެ އެތެރޭގެ މަންޒިލްތަކުން 180 ރުފިޔާ ވަނީ ބޮޑުކޮށްފައެވެ.

މޯލްޑިވިއަން އޮޕަރޭޓް ކުރަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ކަމަށާއި އެގޮތުން، މިދިޔަ މާޗު މަސް ނިމުނުއިރު އެ ކުންފުންޏަށް ޖެޓު ފިޔުލް ލިބެމުން އައި އަގު 40 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވަނީ ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ތެލުގެ ވިޔަފާރިއަށެވެ.

މާޗު މަހުން ފެށިގެން ޖެޓް ފިޔުލްގެ އަގު ބޮޑުވި ނަމަވެސް ޓިކެޓްގެ އަގު ބޮޑު ނުކޮށް ވޭތޯ ބަލާފައިވާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން ޓިކެޓުގައި ހިމެނޭ ފިޔުލް ސަބްޗާޖުގެ ތެރެއަށް އިތުރު އަގެއް ލާން ޖެހުނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެތެރޭގެ ދަތުރުތަކުގެ އަގު ބޮޑުކޮށްފައިވާއިރު ބައިނަލްއަގުވާމީ ދަތުރުތައް ވެސް އަގުބޮޑުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. ނަމަވެސް އެ ޓިކެޓުތަކުން ބޮޑުކޮށްފައިވާ އަދަދެއް ހާމައެއް ނުކުރެއެވެ.

- ކޮމެންޓް