Advertisement
ކ. މާލެ
|
14 ޖޫން 2022 | އަންގާރަ 16:56
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު
ރާއްޖެއެމްވީ
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ
ކުރީ ސަރުކާރުން ވަޒީފާއިން ވަކިކުރި މީހުންނަށް ބަދަލުގެ ގޮތުގައި 6.8 މިލިއަން ރުފިޔާ
ގެއްލުމުގެ ބަދަލު ހޯދުމަށް އެކި ފަރާތްތަކުން ގިނަ ޝަކުވާތަކެއް ހުށައެޅި

ކުރީ ސަރުކާރުން ވަޒީފާތަކުން ވަކިކުރި 19 މައްސަލައެއްގައި, ދައުލަތުން ބަދަލުގެ ގޮތުގައި 6 މިލިޔަން ރުފިޔާ އެފަރާތްތަކަށް ދީފައިވާކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ދައުލަތުން ބަދަލު ދިނުމުގައި އަމަލުކުރަމުންދާ އުސޫލުތައް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ރިފްއަތު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން، ގެއްލުމުގެ ބަދަލު ހޯދުމަށް އެކި ފަރާތްތަކުން ގިނަ ޝަކުވާތަކެއް ހުށައެޅި ކަމަށެވެ. މިޝަކުވާތައް ހުށައަޅާފައިވަނީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ސެޓެލްމަންޓް ކޮމެޓީއަށެވެ.

ކޮމެޓީއަށް 37 މައްސަލައެއް ހުށަހެޅުނު ކަމަށާއި، އޭގެތެރެއިން ކޮމެޓީން ބަދަލު ދޭން ނިންމި ހަމައެކަނި މައްސަލައަކީ ނޫމަޑި މައްސަލަކަން ރިފްއަތު ފާހަގަކުރެއްވިއެވެ. ބަންޑާރަ ނައިބު ވިދާޅުވީ ބަދަލުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ބެލި މައްސަލަތަކަކީ ވަޒީފާއާއި ގުޅުންހުރި މައްސަލަތަކެވެ. ކުރީ ސަރުކާރުން އެކި ވަޒީފާތަކުން ވަކިކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި ސަރުކާރުން ވަނީ 6.8 މިލިއަން ރުފިޔާ ދީފައެވެ.

Advertisement

ސަރުކާރުން ބަދަލު ދިނުމުގައި އަމަލުކުރާ ގޮތަކީ ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ކުރެވޭ ހުކުމްތަކަށް ބަލައިގެންކަމަށާއި، ނަމަވެސް މައްސަލައިގެ ބާވަތުން ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ މައްސަލަތަކުގައި ކޯޓުން ބޭރުން ވާހަކަ ދައްކައިގެން މައްސަލަތައް ނިންމުމަކީ ސަރުކާރަށްވެސް އެކަމުން ބޮޑު ފައިދާއެއް ކުރާނެ ކަމަކަށްވުމުން, ކޯޓުން ބޭރުން މައްސަލަތައް ނިންމުމަށްވެސް ޚާއްސަ އިސްކަމެއް ދީފައިވާނެކަމަށް ރިފްއަތު ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ހުށަހެޅި ގެއްލުމުގެ ބަދަލުތަކުގެ މައްސަލަތަކުގައި އިންސާފުވެރިކަމާއެކު މައްސަލަތައް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން އެމައްސަލަތައް ނިންމެވުމަށް އިރުޝާދު ދެއްވިކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް