ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެމަނިކުފާނު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ހާމަކުރައްވާފައެވެ. އަދި އެކަހެރިވެވަޑައިގެންފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ޓްރޫޑޯގެ ޓްވީޓުގައި ވަނީ ވެކްސިން ޖެހުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވެ ޓްރޫޑޯ ވަނީ ވެކްސިން ނުޖަހާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ބޫސްޓަރ ޑޯޒް ޖެހުމަށްވެސް ބާރުއަޅުއްވާފައިވެއެވެ.
މިއީ ކެނެޑާގެ ބޮޑުވަޒީރު ކޮވިޑަށް ޕޮޒިޓިވްވި ދެވަނަ ފަހަރެވެ. ޓްރޫޑޯ އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވީ ޖެނުއަރީ މަހުގައެވެ.