ޕާސްޕޯޓަށް އޮތް ޑިމާންޑު ބޮޑުވެ، އިމިގްރޭޝަންގެ މަސައްކަތު ގަޑި އިތުރުކޮށްފިއެވެ.
އިމިގްރޭޝަނުން މިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމުގައި އަޅާފައި އޮތް ފިޔަވަޅުތައް ގިނަ ގައުމުތަކުން އުވާލުމާއެކު ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އަންދާޒާކުރިވަރަށްވުރެ އިތުރުވެފައިވާ ކަމަށެވެ.
މީގެ ކުރިން ދުވާލެއްގެ މައްޗަށް ޕާސްޕޯޓަށް އެދި ހުށަހަޅާނީ 200 އެޕްލިކޭޝަން ކަމަށާއި، އެހެންނަމަވެސް މިހާރު އެވަރޭޖްކޮށް 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ޕާސްޕޯޓަށް އޮތް ޑިމާންޑު ބޮޑުވެފައިވާތީ، އިމިގްރޭޝަންގެ މަސައްކަތު ވަގުތު ރޭގަނޑު 9:30 އާ ހަމައަށް އިތުރުކޮށްފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މެދު ނުކެނޑި އިމިގްރޭޝަނުން މަސައްކަތްކުރަމުންދާނެކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އަދި 14 ޖޫން އިން ފެށިގެން މެންދުރު ފަހު 15:00 އާ ހަމައަށް ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.