ކ. މާލެ
|
13 ޖޫން 2022 | ހޯމަ 07:07
ޖަސްޓިން ބީބާ
ޖަސްޓިން ބީބާ
ރޮއިޓާރސް
ޖަސްޓިން ބީބާގެ މޫނު ޕެރެލައިޒްވުން
ޖަސްޓިން ބީބާގެ ހާލަތު ރަނގަޅުވާން ފަށާފައިވާ ކަން ފެނޭ: ސަރޖަން
ޖަސްޓިންއަށް ޖެހިފައިވަނީ "ރާމްސޭ ހަންޓް ސިންޑްރޯމް"

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ހާލަތު ރަނގަލުވަމުން އަންނަކަން މޫނުމަތިން ފެންނަ ކަމަށް މޫނުމަތީގެ ޕެރަލައިސިސްއަށް ޚާއްސަ ސަރޖަންއަކު ވިދާޅުވެއްޖެއެވެ.

ޖަސްޓިން މި ހަފްތާގައި އާއްމު ކުރި ވީޑިއޯއެއްގައި އޭނާ ވަނީ ވައިރަހެއްގެ ސަބަބުން މޫނު ޕެރަލައިޒްވެފައިވާ ކަމަށް ބުނެފައެވެ. މި ބައްޔަށް ކިޔަނީ "ރާމްސޭ ހަންޓް ސިންޑްރޯމް" އެވެ. އެ ބަލި ޖެހުމުން ކަނފަތާއި މޫނުގެ ނާރުތަކަށް އަސަރުކޮށް މޫނު ޕެރަލައިޒްވާ ގޮތްވެއެވެ.

ވީޑިއޯގައި ޖަސްޓިން ވަނީ އޭނާ މޫނުގެ ކަނާތްފަރާތް ޕެރެލައިޒްވުމުން ހަރަކާތް ނުކުރެވޭ ކަން ދައްކައިދީފައެވެ. މީގެ ސަބަބުން އޭނާ ވަނީ ކުރިއަށް ހުރި ޝޯތަކެއް ވެސް ކެންސަލް ކޮށްފައެވެ.

މި ވީޑީއޯއާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރަޖަންއެއް ކަމަށްވާ ޗާލްސް ޑުކާ ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބަލީގެ ކުރީ ކޮޅު ފަރުވާ ކުރަން ފެށުމުގެ ސަބަބުން މިހާތަނަށް ބަލި ޖެހުނު 75 އިންސައްތަ މީހުން ރަނގަޅުވެފައިވާ ކަމަށެވެ. ފަރުވާގެ ތެރޭގައި ހިމެނެނީ ސްޓެރޮއިޑްސް އާއި އެންޓިވައިރަލްއެވެ.

މި ބަލި ޖެހޭ މީހުންނަށް އެންމެ އާއްމުކޮށް ދިމާވާ ކަމަކީ ލޯ އެއްކޮށް ބަންދު ނުކުރެެވުމާއި ރަނގަޅަށް ހިނިތުން ނުވުން ކަން ޗާލްސް ފާހަގަކުރެއްވިއެވެ. އަދި ބަލި ރަނގަޅުވުމުގެ ކުރިން މޫނުގެ ފީޗާތައް އެއްވަރުވާން ފަށާނެ ކަމަށާއި ޖަސްޓިންގެ ވީޑިއޯއިން ބަލި ރަނގަޅުވާން ފަށާފައިވާ ކަމުގެ އަލާމާތްތަކެއް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާގައި އޫޅޭ މީހުންނާއެކު ވަރަށް ގިނައިން މަސައްކަތް ކުރެވިއްޖެ ކަމަށާއި މިފަދަ މައްސަލަތައް ދިމާވި ނަމަވެސް ވީހާވެސް އަވަހަށް މަސައްކަތަށް ނުކުންނަށް އެ ފަރާތްތަކަށް ޕްރެޝަރ އޮންނަ ކަމަށެވެ. ނަމަވެސް ރަނގަޅަށް ފަރުވާ ނުހޯދައި މަސައްކަތަށް ނުކުމެއްޖެނަމަ ހާލަތު ގޯސްވެ ފަހުން ލިބޭ ގެއްލުން ބޮޑުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަބަބު ނުބުނެ ޖަސްޓިން ބީބާގެ ޝޯތައް ކެންސަލް ކުރުމުން އޭނާގެ ފޭނުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް އޭނާގެ ވީޑީއޯއާއެކު އެ މައްސަލަ ވަނީ ހައްލުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް