ކ. މާލެ
|
12 ޖޫން 2022 | އާދީއްތަ 22:39
ސްރީލަންކާގެ ސްކޫލެއްގެ ދަރިވަރުން
ސްރީލަންކާގެ ސްކޫލެއްގެ ދަރިވަރުން
ވަރލްޑް ބޭންކް
ސްރީލަންކާގެ ހާލަތު
އަންނަ އަހަރު ޗައިނާއިން ލަންކާ ދަރިވަރުންނަށް ސްކޫލް ޔުނީފޯމް ހަދިޔާކުރަނީ
ދަރިވަރުންގެ 50 އިންސައްތަ ސްކޫލް ޔުނީފޯމް ހަދިޔާކުރުމަށް އެއްބަސްވެފައިވޭ

އަންނަ އަހަރު ޗައިނާއިން ސްރީލަންކާ ދަރިވަރުންނަށް ސްކޫލް ޔުނީފޯމް ހަދިޔާކުރަން ނިންމައިފިއެވެ.

ލަންކާގެ އެޑިއުކޭޝަން މިނިސްޓަރ ސުޝިލް ޕްރެމަޖަޔަންތަ ވިދާޅުވީ, ޗައިނާއިން ދަރިވަރުންގެ 50 އިންސައްތަ ސްކޫލް ޔުނީފޯމް ހަދިޔާކުރުމަށް އެއްބަސްވެފައިވާކަމަށެވެ. އަދި ދެން ތިބި ދަރިވަރުންނަށް ވެސް ޔުނީފޯމް ހޯދުމުގެ މަޝްވަރާތައް ޗައިނާއާއެކު ކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ސުޝިލް ވިދާޅުވިއެވެ.

ސުޝިލް އިތުރަށް ވިދާޅުވީ ދަރިވަރުންގެ ސްކޫލް ލަންޗަށް ދޭ އެލަވަންސް އިތުުރުކުރުމަށް ކެބިނެޓުން މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ. އަދި މިކަމާގުޅިގެން "ސޭވް ދަ ޗިލްރެން އޯގަނައިޒޭޝަން"އާއި ވޯރލްޑް ފުޑް ޕްރޮގްރާމާއި އެހެނިހެން އޯގަނައިޒޭޝަންތަކާއެކު މަޝްވަރާ ކުރައްވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ސުޝިލް ވިދާޅުވީ އިންޑިއަން ލޯން އެސިސްޓަންސް ސްކީމްގެ ދަށުން, ފޮތްތައް ހެދުމަށް ބޭނުންވާ ކަރުދާހަށް ހޭދަވާނެ މިންވަރު އަންދާޒާކޮށް، ޓްރެޝަރީއަށް ހުށަހަޅާފައިވާކަމަށެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތާއެކު އެގައުމަށް އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިވެދާނެކަމަށް އދ.ގެ ހިޔުމެނިޓޭރިއަން އޮފީހުން ވަނީ ބުނެފައެވެ.

ލަންކާއަށް މިނިވަންކަން ލިބުނުފަހުން އެގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގުތިސާދީ ކާރިސާގައި އެގައުމުގެ 22 މިލިއަން މީހުންނަށް އަންނަނީ އެންމެ ޒަރޫރީތަކެތި ލިބުމުގައިވެސް ދަތިތަކާ ކުރިމަތިވަމުންނެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު، ކާނާއާއި ތެލާއި ގޭހަށް ވަނީ އިންތިހާއަށް ޖެހިފައެވެ.

ޖެނީވާގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހިޔުމެނިޓޭރިއަން އޮފީހުގެ ސްޕޯކްސްޕަރސަން ޖެންސް ލަރޭކް ވަނީ ލަންކާއަށް އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ލަންކާއަށް ޔުނިސެފުން ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ކްރިސްޓިއަން ވިދާޅުވީ، ލަންކާގެ 70 އިންސައްތަ ގޭބިސީއަށް ވަނީ ކާނާގެ ދަތިކަން ކުރިމަތިވެފައިކަމަށެވެ. އަދި ކޮންމެ ކުޑަ ދެކުއްޖަކުން އެއް ކުއްޖަކަށް ކޮންމެސް ވައްތަރެއްގެ އިމަރޖެންސީ އެހީތެރިކަމެއް ބޭނުންވާކަމަށް ކްރިސްޓިއަން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް