ކ. މާލެ
|
12 ޖޫން 2017 | ހޯމަ 09:21
ދެ ބޭފުޅުން ނިއުޔޯކްގައި މަޑުކުރެއްވީ އުމުރުފުޅުން 11 އަހަރުގެ ބެރޮންގެ ދިރާސީ އަހަރު ނިންމާލެވެންދެން
ދެ ބޭފުޅުން ނިއުޔޯކްގައި މަޑުކުރެއްވީ އުމުރުފުޅުން 11 އަހަރުގެ ބެރޮންގެ ދިރާސީ އަހަރު ނިންމާލެވެންދެން
ގެޓީ އިމޭޖަސް
ޓްރަމްޕްގެ އާއިލާ ވައިޓްހައުސް
މެލޭނިއާ އާ ބެރޮން އެންމެފަހުން ވައިޓް ހައުސްއަށް ބަދަލުވެ ވަޑައިގެންފި
ދެ ބޭފުޅުން ނިއުޔޯކްގައި މަޑުކުރެއްވީ އުމުރުފުޅުން 11 އަހަރުގެ ބެރޮންގެ ދިރާސީ އަހަރު ނިންމާލެވެންދެން
ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ފަރާތެއްގެ އަނބި ކަނބަލުންނާއި ދަރިކަލުން ވަގުތުން ވެރިރަށަށް ވަޑައިނުގަތުމަކީ މި ފަހުގެ ތާރީޚުގައި ހިނގާފައިވާ ކަމެއް ނޫން

ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ ފަސް މަސްދުވަސް ފަހުން އެ މަނިކުފާނުގެ އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް އަދި ހަގު ފިރެން ދަރިކަލުން ބެރޮން ވައިޓް ހައުސްއަށް ބަދަލުވެ ވަޑައިގެންފިއެވެ.

ދެ ބޭފުޅުން ނިއުޔޯކްގައި މަޑުކުރެއްވީ އުމުރުފުޅުން 11 އަހަރުގެ ބެރޮންގެ ދިރާސީ އަހަރު ނިންމާލެވެންދެންނެވެ.

ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ފަރާތެއްގެ އަނބި ކަނބަލުންނާއި ދަރިކަލުން ވަގުތުން ވެރިރަށަށް ވަޑައިނުގަތުމަކީ މި ފަހުގެ ތާރީޚުގައި ހިނގާފައި ނުވާކަމަކަށް ވާތީ މިކަން ވަނީ އާ ކަމަކަށްވެފައެވެ.

އެކަމަނާގެ ކުރިން ފަސްޓްލޭޑީގެ މަގާމުގައި ހުންނެވި މިޝޭލް އޮބާވެސްވަނީ އެކަމަނާގެ ދެ ދަރިކަނަބަލުންނާއެކު އަވަހަށް ވޮޝިންގޓަނަށް ވަޑައިގެން އެ ބޭފުޅުން އަލަށް ވަދެވަޑައިގަންނަވާ ސްކޫލްގެ ކަންކަން ހަމަޖައްސަވާފައެވެ.

މި ބަދަލާއެކު ފަސްޓްލޭޑީ ފެނިގެން ގޮސްފައިވަނީ ވަރަށް އުފާފުޅުވެ ވަޑައިގެން ހުންނަވަނިކޮށެވެ. އެކަމަނާ ވަނީ ވައިޓް ހައުސް ތެރޭ ހުންނަވާ އެތާނގެ ގޯތިތެރެ ފެންނާނެހެން ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ.

 

ޓްރަމްޕް ޓަވަރގައި ދިރިއުޅުއްވަމުން ގެންދެވި ރައީސްގެ އާއިލާއަށް ރައްކާތެރިކަން ދިނުމުގެ ގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ދަތިކަން ކުރިމަތިވެފައިވާ ނިއުޔޯކްގެ ރައްޔިތުން މި ބަދަލަށް މަރުހަބާ ކިޔާނެއެވެ.

އެބޭފުޅުންގެ ނިއުޔޯކްގައި ދިރިއުޅުއްވުން ވެގެން ގޮސްފައިވަނީ މަދުމަދުން ޓްރެފިކް މައްސަލަތައް އުފެދޭ ކަމަކަށެވެ.

ނިއުޔޯކް ޕޯސްޓުންވަނީ އެ ބޭފުޅުން ބަދަލުވެ ވަޑައި ނުގެންފިނަމަ ޓްރެފިކް މައްސަލަ ބޮޑުވެގެން ދާނެކަމުގެ އިންޒާރު ދީފައެވެ.

 

- ކޮމެންޓް