ކ. މާލެ
|
12 ޖޫން 2022 | އާދީއްތަ 10:22
މުހައްމަދު ޞަލާޙު
މުހައްމަދު ޞަލާޙު
ޓްވީޓަރ
މުހައްމަދު ޞަލާޙު
ޞަލާޙު ގޮތެއް ދުލެއް ނުކުރި، އަދިވެސް ބުނަނީ ފައިނަލްގައި ރެއާލް އަތުން މޮޅުވާން ޖެހޭކަމަށް
ލިވަޕޫލަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު
އޭނާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑް އަތުން ލިވަޕޫލް މޮޅުވާން ހައްގުކަމަށް ބުނެ، މުހައްމަދު ޞަލާޙު ވާހަކަ ދައްކައިފިއެވެ.

ނިމުނު ސީޒަންގެ ފައިނަލްގައި ލިވަޕޫލް ވަނީ ރެއާލް އަތުން 1-0 ން ބަލިވެފައެވެ. އެ މެޗުގައި ލިވަޕޫލަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މި އެ މެޗުގައި ލިވަޕޫލުން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ރެއާލްގެ ކީޕަރުގެ މޮޅުކަން ވަނީ ފެނިފައެވެ.

މިކަމާ ގުޅިގެން ޞަލާޙު ބުނީ ފައިނަލްގައި މޮޅުވުން ލިވަޕޫލަށް ހައްގުކަމަށެވެ. ރެއާލަށްވުރެ ގިނަ ފުރުސަތުތައް ލިވަޕޫލަށް ލިބުނުކަން ފާހަގަކޮށް ޞަލާޙު ބުނީ، އޭނާއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ދޭއް ނުވަތަ ތިން ފުރުސަތެއް ލިބުނު ކަމަށެވެ. ނަމަވެސް، އޭގެން ކޮންމެ ފަހަރަކު ވެސް އެކަމަށް ހުރަސްއެޅީ މެޑްރިޑުގެ ކީޕަރު ކޯޓުއާ ކަމަށެވެ. އަދި ކޯޓުއާ ކުރީ އާދަޔާ ޚިލާފު ސޭވް ތަކެއް ކަމަށް ޞަލާޙު ބުންޏެވެ. މީގެ އިތުރުން ޞަލާޙު ބުނީ އެއީ ކޯޓުއާ ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އެ މެޗުގައި އޭނާގެ ތަފާތުކަން ފެނި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ހޯދިކަމަށެވެ.

މީގެ އިތުރުން ޞަލާޙު ބުނީ 2018 ވަނަ އަހަރުގެ ފައިނަލްގައި ވެސް ބަލިވީ ހަމަ ރެއާލް އަތުންކަމަށެވެ. އަދި އޭރު އެ މީހުން އެއީ ޔޫރަޕުގެ ޗެމްޕިއަނުން ކަމަށް ޞަލާޙު ބުންޏެވެ. އިތުރަށް ޞަލާޙު ބުނީ ފާއިތުވި ކަންކަމަށް ބަލައި ޝަކުވާ ކުރުމުގެ ބޭނުމެއް ހަގީގަތުގައި ނެތްކަމަށެވެ. އަދި ދާން ޖެހޭނީ ކުރިއަށް ކަމަށް ޞަލާޙު ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ޞަލާޙު ބުނީ ނިމުނު ސީޒަނަކީ ލިވަޕޫލަށް ދަށް ސީޒަނެއްކަމުގައި ނުބުނެވޭނެކަމަށެވެ. ނަމަވެސް ފައިނަލުން ބަލިވުމާ، ފަހު ވަގުތު ޕްރިމިއަރ ލީގު ގެއްލުމުން ކޮންމެ ވެސް ވަރެއްގެ ހިތް ނުތަނަވަސްކަމެއް އޮތް ކަމަށެވެ. ޞަލާޙު ބުނީ ނިމުނު ސީޒަނަކީ އޭނާއަށް ވެސް ކާމިޔާބު ސީޒަނެއް ކަމަށެވެ. އެގޮތުން ޕްރިމިއަރ ލީގުގެ ރަން ބޫޓު ލިބުމާއި، އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެތެރިޔާކަން ލިބުމާއި އަދި ލިވަޕޫލްގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޕީއެފްއޭގެ އަހަރުގެ މޮޅު ކުޅުންތެރިޔާކަން ލިބުމުން އުފާވާކަމަށެވެ. މީގެ އިތުރުން ޞަލާހު ބުނީ ލިވަޕޫލުން މޮޅު ކުޅުމެއް ނިމުނު ސީޒަނުގައި ކުޅުނުކަމާއި، ދެ ތައްޓާއެކު ސީޒަން ނިންމާލެވުމަކީ ވެސް ކާމިޔާބެއް ކަމަށެވެ.

- ކޮމެންޓް