ކ. މާލެ
|
12 ޖޫން 2017 | ހޯމަ 05:28
ފްރާންސްގެ ރައީސް މެކްރޮން
ފްރާންސްގެ ރައީސް މެކްރޮން
ރޮއިޓަރސް
ފްރާންސް އިންތިހާބު
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
ވޯޓު ފޮށިތަކުގެ 97 އިންސައްތަ މިހާރު ވަނީ ނިމިފައި
މެކްރޮންގެ ޕާޓީއަށް 32 އިންސައްތަ ވަނީ ލިބިފައި

ފްރާންގައި މިހާރު ކުރިޔަށްދާ ޕާލިމެންޓަރީ އިންތިހާބުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ ސެންޓްރިސްޓް ޕާޓީން ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

ޕާލިމެންޓްރީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ނިމިފައިވާއިރު، 97 އިންސައްތަ ވޯޓު ފޮށީގެ ނަތީޖާ ގުނާ ވަނީ ނިމިފައެވެ. އެގޮތުން މެކްރޮންގެ ޕާޓީއަށް 32 އިންސައްތަ ލިބިފައިވާއިރު، ސެންޓާ ރައިޓް ރިޕަބްލިކަންސްއަށް ލިބިފައިވަނީ 16 އިންސައްތަ އެވެ. ފްރާންސްގެ ކުރީގެ ރޫލިން ޕާޓީ ސޯޝަލިސްޓްއަށް ލިބިފައިވަނީ 7.3 އިންސައްތަ އެވެ.

އެހެންނަމަވެސް ނެޝަނަލް ފްރޮންޓް ޕާޓީ 13.5 އިންސައްތަ ހޯދާފައިވާއިރު، ލެފްޓް ފްރާންސް ޕާޓީ އަށް ލިބިފައިވަނީ އެންމެ 11 އިންސައްތަ އެވެ.

ފްރާންސްގައި 2012 ވަނަ އަހަރު ބޭއްވުނު އިންތިހާބަށްވުރެ މި ފަހަރު ބޭއްވުނު އިންތިހާބުގެ ފުރަތަމަ ބުރުގައި ޓާންއައުޓް ދަށެވެ. 2012 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 57.2 އިންސައްތަ މީހުން ވޯޓު ލާފައިވާއިރު، މިފަހަރުގެ އިންތިހާބުގައި ވޯޓު ލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 48.5 އިންސައްތަ މީހުންނެވެ.

ފްރާންސްގެ މިހާރުގެ ރައީސް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ މިދިޔަ މަހު މެރިން ލީ ޕެންއާ ވާދަކުރައްވައިގެންނެވެ. ގާނޫނު ހަދާ މަޖިލީހުގެ ތައީދު ލިބިފަޑައިގަތުމުން ބަދަލުތަކެއް ގެނެސް ވައުދުތައް ފުއްދަން ފަސޭހަވާނެކަމަށް ޕާލިމެންޓަރީ ކެމްޕޭންތަކުގައި ރައީސް މެކްރަން ވަނީ ވިދާޅުވެފައެވެ.

 

 

 

 

- ކޮމެންޓް