އަފްޣާނިސްތާނުގެ ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން އަންހެނުންނަށް އެކަށޭނެ މިންވަރަށް ހައްގުތައް ނުދޭކަމަށްބުނެ އެގައުމުގެ އަންހެނުން މުޒާހަރާކޮށްފިއެވެ.
އަފްޣާނިސްތާނުގެ ވެރިރަސް ކާބުލްގައި ސިލްސިލާކޮށް ކުރިއަށްގެންދާ މި މުޒާހަރާގައި އެގައުމުގެ ގިނަ އަދަދެއްގެ އަންހެނުން އަންނަނީ ބައިވެރިވަމުންނެވެ.
އެގައުމުގެ އަންހެނުން ކުރަމުން އަންނަ މި މުޒާހަރާގެ ބައިވެރިން ގޮވާލައިފައިވަނީ މަސައްކަތުގެ ހައްގުންނާއި ތައުލީމީ ހައްގު އަންހެނުންނަށް އެކަށޭނެ މިންވަރަށް ނުލިބޭކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް މަސައްކަތް ކުރެވެންޖެހޭކަމަށް މުޒާހަަރާގެ ބައިވެރިން ބުނެއެވެ.
މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ބުނީ އަންހެން ދަރިވަރުން ކިޔެވުމުގެ ހައްގުންވެސް މަހުރޫމުވެފައިވާކަމަށެވެ. މުޒާހަރާގެ ބައިވެރިން ބުނީ ތާލިބާނުން މީގެ ކުރިން އަންހެނުންނަށް އެކަށޭނެ މިންވަރަށް ހައްގުތައް ހޯދައިދޭނެކަމަށް ބުނިކަމަށެވެ. އެކަމަކު އެކަން އެގޮތަށް ނުވާތީ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.