ކ. މާލެ
|
9 ޖޫން 2022 | ބުރާސްފަތި 14:04
މުނާ މުނީރު
މުނާ މުނީރު
ރާއްޖެ އެމްވީ
މުނާ މުނީރު
ވޮލީއާ ދުރުގައި ހުރުމަށްފަހު އެނބުރި އައީ ކޮމްޕެޓިޝަނެއް ދޭން: މުނާ
މުނާ ވަނީ އީގަލްސްއާއެކު ލޯ މެޑަލް ހޯދާފައި

ގިނަ ދުވަސްތަކެއް ވަންދެން ވޮލީއާ ދުރުގައި ހުރުމަށްފަހު، އެނބުރައި ވޮލީގެ ތެރެއަށް އައީ ކޮމްޕެޓިޝަނެއް ދޭން ކަމުގައި މުނާ މުނީރު ބުނެފިއެވެ.

މިހާރު ކުރިއަށްދާ އެސޯސިއޭޝަން ކަޕްގައި ވާދަކުރި ކުލަބް އީގަލްސްގެ ކޯޗަކަށް ހުރި މުނާ މިހެން ބުނީ "ރާއްޖެ އެމްވީ"އަށް ދިން އިންޓަވިޔުއެއްގައެވެ. މުނާ ބުނީ ކޯޗެއްގެ ގޮތުގައި އަނެއްކާ ވެސް ނިކުތީ ވަރަށް ގިނަ ދުވަސް ވަންދެން ވޮލީއާ ދުރުގައި ހުރުމަށްފަހުކަމަށެވެ. ބޭނުމަކީ ވޮލީއަށް ކޮމްޕެޓިޝަނެއް ދިނުން ކަމަށެވެ. މުނާ ބުނި ގޮތުގައި އީގަލްސްގައި ތިބި ކުޅުންތެރިން އެހެން ޓީމަކަށް ކުޅުން ނަމަ، ގިނަ ކުޅުންތެރިން ތިބޭނީ ބެންޗުގައެވެ.

އެހެންވީމާ އަސްލުގަ އަޅުގަނޑުމެން ވާހަކަ ދައްކާފަ މި ދެތިން ސީނިއަރ ކުޅުންތެރިންނާ އެކު ނިންމީ، މި ތިބި ކުޅުންތެރިން ލައިގެން ޓީމެއްގެ ގޮތުގައި ނިކުންނާނީއޭ. މިތާ އެބަ ތިބި ވަރަށް ގިނަ ކުދިން، މިއީ ފުރަތަމަ މުބާރާތް ފަސްޓް ސިކްސްގައި ކުޅޭވެސް. އެހެންވީމާ އެ އުސޫލުން ނިކުތީ
މުނާ މުނީރު / އީގަލްސްގެ ކޯޗު

މުނާގެ އިތުުރުން އީގަލްސް ޓީމުގެ ހުރިހާ އޮފިޝަލުންނަކީ ވެސް އަންހެން އޮފިޝަލުންނެވެ. މިއީ މި މުބާރާތުގައި ޓީމެއްގެ ހުރިހާ އޮފިޝަލުންގެ ގޮތުގައި އަންހެނުން ތިބި ފުރަތަމަ ޓީމެވެ. މުނާ ފާހަގަކުރި ގޮތުގައި އަންހެން ޓީމް ގޭމެއްގައި އެއް ވަނަ ކުޅިވަރެވެ. އަދި އަންހެން އޮފިޝަލުން ހިމެނުމުގެ ބޭނުމަކީ އަންހެނުންނަށް ވާނެ ކަން ސާބިތުކޮށްދިނުން ކަމަށް މުނާ ބުންޏެވެ.

ދެން އަޅުގަނޑު މި ޓީމުގައި އަންހެން ހުރިހާ އޮފިޝަލުން ބޭތިއްބުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ އަސްލު ރާއްޖޭގައި ވޮލީއަކީ އަނެއްހެން ބުނާނަމަ ޓީމް ގޭމެއްގައި އެއް ވަނަ ޓީމު ކަންނޭންގެ. އެކަމު މިއީ އަސްލު އަންހެނުންނަށް ދޭ މުހިންމުކަމެއް އަޅުގަނޑަކަށް ނުފެނޭ ވޮލީގައި ދޭ ތަނެއް. އެހެންވީމާ އަސްލު މީހުން ނެތީކީއެއް ނޫން
މުނާ މުނީރު / އީގަލްސްގެ ކޯޗު

މުނާ ވަނީ އީގަލްސްއާއެކު ނިކުމެ މުބާރާތުގެ ލޯ މެޑަލް ހޯދާފައެވެ. މިއީ އެސޯސިއޭޝަން ކަޕެއްގައި އީގަލްސް ބައިވެރިވި ފުރަތަމަ މުބާރާތެވެ. އީގަލްސް ވަނީ ގްރޫޕް ސެޓޭޖުގެ ދެ ވަނަ ހޯދާ މުބާރާތުގެ ސެމީ ކުޅެފައެވެ. ދެ ވަނަ ސެމީގައި ސީދާ ތިން ސެޓުން ކުލަބް ވޮލީބޯލް ބަލިކޮށް ތިން ވަނަ ސެމީއިން ޖާގަ ހޯދިއެވެ. އަދި ތިން ވަނަ ސެމީގައި ވަނީ ޕޮލިސް ކުލަބް އަތުން ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް