ކ. މާލެ
|
9 ޖޫން 2022 | ބުރާސްފަތި 09:40
މުހައްމަދު ޞަލާޙު
މުހައްމަދު ޞަލާޙު
ޓްވިޓަރ
ލިވަޕޫލްގެ މޮޅު ކުޅުންތެރިޔާ
ލިވަޕޫލްގެ އަހަރުގެ މޮޅު ކުޅުންތެރިޔަކަށް ޞަލާޙު
މި އެވޯޑު ޞަލާޙު ހޯދީ އެ ޓީމުގެ ކީޕަރު އެލިސަން ބެކަރއާ ވާދަކޮށް

އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަޕޫލްގެ އަހަރުގެ މޮޅު ކުޅުންތެރިޔަކަށް އެ ޓީމަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑް މުހައްމަދު ޞަލާޙު ހޮވިއްޖެއެވެ،

ލިވަޕޫލްގެ މެއިން ސްޕޮންސަރ ސްޓޭންޑާޑް ޗާޓާޑް ޕޮލެޔަރ އޮފް ދަ ސީޒަންގެ ނަމުގައި ދޭ މި އެވޯޑު ޞަލާޙު ހޯދީ އެ ޓީމުގެ ކީޕަރު އެލިސަން ބެކަރއާ ވާދަކޮށެވެ. މި މަގާމުގައި ހޮވުމުގައި ވޯޓު ދެނީ އެ ޓީމުގެ ސަޕޯޓަރުންގެ އިތުރުން ކުލަބުގެ އޮފިޝަލުންނެވެ. ޞަލާޙު ވަނީ މި ސީޒަނުގައި ލިވަޕޫލަށް ކުޅެދިން 51 މެޗުގައި 31 ލަނޑު ޖަހާފައެވެ. އަދި 15 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މި ސީޒަނުގައި ޞަލާޙު ވަނީ ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަންގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޕީއެފްއޭ ފޭންސްގެ އަހަރުގެ މޮޅު ކުޅުންތެރިޔާކަން ހޯދާފައެވެ. މީގެ އިތުރުން އޭނާ ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ރަން ބޫޓު ވެސް ހޯދާފައެވެ.

ޞަލާޙު ވަނީ ލިވަޕޫލާއެކު މި ސީޒަނުގެ އެފްއޭ ކަޕާއި ކަަރަބޯ ކަޕް ކާމިޔާބުކޮށްފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅެފައެވެ. ލިވަޕޫލާއެކު ޞަލާޙު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އުމުރުން 29 އަހަރުގެ ޞަލާޙު ލިވަޕޫލަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. ޞަލާޙު ވަނީ ލިވަޕޫލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 156 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް