ކ. މާލެ
|
9 ޖޫން 2022 | ބުރާސްފަތި 08:40
އުޒްބެކިސްތާން އަދި ލަންކާ މެޗުގެ ތެރެއިން
އުޒްބެކިސްތާން އަދި ލަންކާ މެޗުގެ ތެރެއިން
އޭއެފްސީ
އޭޝިއަން ކަޕް ކޮލިފައިންގ
އުޒްބެކިސްތާނުން ލަންކާގެ މައްޗަށް ކުރި ހޯދައިފި
މި ގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ތައިލެންޑު އަތުން ބަލިވެފައި

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން އުޒްބެކިސްތާން މޮޅުވެއްޖެއެވެ.

ކޮލިފައިންގައި މި ދެ ޓީމު ހިމެނެނީ ރާއްޖެއާއި ތައިލެންޑާއެކު ގްރޫޕް ސީގައެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ތައިލެންޑު އަތުން ބަލިވެފައެވެ. ގްރޫޕްގެ ދެ ވަނަ މެޗުގައި އުޒްބެކިސްތާނުން ލަންކާގެ މައްޗަށް ކުރި ހޯދީ 0-3 ންނެވެ. އުޒެބެކިސްތާނުގެ ފުރަތަމަ ގޯލު މެޗުގެ 36 ވަނަ މިނެޓުގައި ޖަހައިދިނީ ޖަލާލުއްދީން މަޝާރިފޮވްއެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 47 ވަނަ މިނެޓުގައި ޖެހީ ޑޮސްޓޮސްބެކް ހަމްޑަމޮވްއެވެ. އަދި ތިން ވަނަ ލަނޑު 60 ވަނަ މިނެޓުގައި ޖެހީ ފާރޫކް ސައިކިއެފްއެވެ. މި ގްރޫޕްގެ ތިން ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ ނިކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އަދި ހަތަރު ވަނަ މެޗުގައި ލަންކާ ނިކުންނާނީ ތައިލެންޑާ ދެކޮޅަށެވެ.

ކޮލިފައިންގެ ގްރޫޕް ޑީގައި އިންޑިއާ ވަނީ 0-2 އިން ކެމްބޯޑިއާ ބަލިކޮށްފައެވެ. މި ދެ ޓީމުގެ އިތުރުން މި ގްރޫޕްގައި ހިމެނެނީ އަފްޣާނިސްތާނާއި ހޮންކޮންއެވެ. އިންޑިއާއިން މޮޅުވި މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ސުނިލް ޗެތްރީއެވެ. މި ގްރޫޕްގައި ހޮންކޮން އާއި އަފްޣާނިސްތާނު ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބުކުރީ ހޮންކޮންއެވެ.

ކޮލިފައިންގެ ގްރޫޕް އީގައި ހިމެނެނީ ބަންގްލަދޭޝް، ބަހްރެއިން، މެލޭޝިޔާގެ އިތުރުން ތުރުކުމެނިސްތާނެެވެ. މި ގްރޫޕުގައި ބަހްރެއިން އިން ވަނީ 0-2 ނަ ބަންގްލަދޭޝް ބަލިކޮށްފައެވެ. އަދި މެލޭޝިޔާއާއި ތުރުކުމެނިސްތާން ބައްދަލުކުރި މެޗު 1-3 ން ކާމިޔާބުކުރީ މެލޭޝިޔާއެވެ. ގްރޫޕް އޭގައި އިންޑޮނޭޝިއާ ވަނީ 2-1 ން ކުވައިތު ބަލިކޮށްފައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ދެ ޓީމަކީ ނޭޕާލާއި ޖޯޑަންއެވެ. މި ދެ ޓީމު ބައްދަލުކުރި މެޗު 0-2 ން ކާމިޔާބުކުރީ ޖޯޑަންއެވެ.

ގްރޫޕް އެފްގެ މެޗުތަކަށް ބަލާއިރު މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުން ތަޖިކިސްތާނު ވަނީ 0-4 ން މޮޅުވެފައެވެ. މި ގްރޫޕްގެ ދެ ވަނަ މެޗުގައި ކިރިގިސްތާނު ވަނީ ސިންގަޕޫރާ ދެކޮޅަށް ކުލުނު މެޗުން 1-2 ން މޮޅުވެފައެވެ. ގްރޫޕް ބީގައި މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗު 0-1 ން ކާމިޔާބުކުރީ ފަލަސްތީނެވެ. މި ގްރޫޕްގެ ދެ ވަނަ މެޗުގައި ޔަމަނާއި ފިލިޕީންސް ބައްދަލުކުރި މެޗުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ.

އޭޝިއަން ކަޕްގެ ޖާގަ ލިބޭނީ ހަ ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާ، ހަ ގްރޫޕުން ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން ފަސް ޓީމަކަށެވެ.

- ކޮމެންޓް