ކ. މާލެ
|
8 ޖޫން 2022 | ބުދަ 13:53
ހަސަން ޝިޔާން - ތޮއްޑޫ ދާއިރާގެ މެމްބަރު
ހަސަން ޝިޔާން - ތޮއްޑޫ ދާއިރާގެ މެމްބަރު
ރައްޔިތުންގެ މަޖިލިސް
ލާމަރުކަޒު ކުރުން
އިދިކޮޅުން ލާމަރުކަޒު ކުރުމުގެ ވާހަކަދައްކަން ލަދު ގަންނަން ޖެހޭ - ޝިޔާން
 
ހުރި ދަތިތައް ހައްލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
 
ކުރީގެ ސަރުކާރުން އޮތީ، ކައުންސިލްތައް އެއްކޮށް ހުއްޓުވާލައި އެކަހެރި ކޮށްފައި
 
ގާނޫނަށް 19ވަނަ މަޖިލީހުން ގެނެސްފައިވާ އިސްލާހަކީ ވަރަށް ފުރިހަމަ ބޭނުންތެރި އިސްލާހުތަކެއް

އިދިކޮޅުން ލާމަރުކަޒު ކުރުމުގެ ވާހަކައާއި ކައުންސިލްތަކުގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ހުށައަޅުއްވާފައިވާ ގަރާރަށް ވާހަކަދައްކަވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ، އިސްލާހުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިފިނަމަ އޭގެ ފުރިހަމަ ފައިދާ ކައުންސިލަތަކަށް ލިބެމުންދާތަން މިހާރުވެސް ފެންނަމުންދާކަމަށެވެ.

ޝިޔާން ވިދާޅުވީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 19ވަނަ މަޖިލީހުން ގެނެސްފައިވާ އިސްލާހަކީ ވަރަށް ފުރިހަމަ ބޭނުންތެރި އިސްލާހުތަކެއް ކަމަށެވެ.

އިދިކޮޅުން ލާމަރުކަޒު ކުރުމުގެ ވާހަކައާއި ކައުންސިލްތަކުގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށާއި، ކުރީގެ ސަރުކާރުން ކައުންސިލްތަކަށް ލިބިފައިވާ ހުރިހާ ބާރުތައް މުށުތެރެއަށް ލައިގެން އެލްޖީއޭގެ ދަށަށް ހުރިހާ ބާރުތަކެއް ގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ، ކުރީގެ ސަރުކާރުން އޮތީ، ކައުންސިލްތައް އެއްކޮށް ހުއްޓުވާލައި އެކަހެރި ކޮށްފައި ކަމަށެވެ. އަދި އެއާ ޚިލާފަށް މިހާރު މާލީ ގޮތުން ކައުންސިލްތަކަށް ބާރުތައް ލިބިގެން ގޮސްފައިވާކަމަށެވެ.

ގޮންޖެހުންތަކެއް ހުރިކަމަށާއި، ހުރި ދަތިތައް ހައްލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިޔާން ވިދާޅުވިއެވެ. ޝިޔާންވަނީ މިހާރު ލާމާރުކަޒީ ގާނުނަށް ހުށައެޅިފައިވާ އިސްލާހުތަކުގެ ބިލުތައް އަވަސް ކުރުމަށް ގޮވާލައްވާފައެވެ.

މީގެއިތުރުން ކައުންސިލްތަކުން ކުންފުނިތައް ހަދައި، ވިޔަފާރިކުރުމަށް މަގުފަހު ކުރެވުނު ނަމަވެސް އިހުތިސާސްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތް ހަނިކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އަތޮޅު ކައުންސިލްތަކަށް މި ގޮންޖެހުން ކުރިމަތިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ދަތިތަކަށް އަވަސް ހައްލެއް ގެނެސް ކައުންސިލްތަކަށް ފުރިހަމަ ބާރު ދިނުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން ގޮވާލެއްވިއެވެ.  

ނައިފަރު ދާއިރާގެ މެމްބަރު ހުށައަޅުއްވާފައިވާ ގަރާރަކީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ތަންފީޒުކޮށް ކައުންސިލްތައް ހިންގުމުގައި ކުރިމަތިވަމުންދާ ދައިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް އިލްތިމާސްކޮށް ހުށައަޅުއްވި ގަރާރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް