Advertisement
ކ. މާލެ
|
8 ޖޫން 2022 | ބުދަ 12:32
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ހުސްނުއްސުއޫދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ހުސްނުއްސުއޫދު
ރައީސް އޮފީސް
ފަނޑިޔާރުންގެ ޖަމިއްޔާ
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު
އެ މަޤާމުގައި ކުރިން ހުންނެވީ ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް އަބްދުއް ރައޫފް އިބްރާހިމް
ފަނޑިޔާރުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުންވެސް މި ޖަމިއްޔާގެ މަޤްސަދުތަކުގެ ތެރޭގަައި ހިމެނޭ

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ހުސްނުއްސުއޫދު އައްޔަނު ކުރައްވައިފިއެވެ.

އެ މަޤާމުގައި ކުރިން ހުންނެވީ ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް އަބްދުއް ރައޫފް އިބްރާހިމްއެވެ. އެހެންނަމަވެސް، ފަނޑިޔާރު ރައޫފް ވަނީ 31 މޭ 2022 އިން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ފަނޑިޔާރު ރައޫފް އިސްތިއުފާ ދެއްވާފައި ވަނީ އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމާ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ. އަދި ކޮމިޝަނުން އެގޮތަށް ނިންމީ އިޖުރާއަތުތަކާ ޚިލާފަށްކަމަށްވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

ވުމާއެކު، އެ މަޤާމަށް ފަނޑިޔާރު ސުއޫދު އައްޔަނު ކުރެއްވުމަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީން ހުށައެޅީއެވެ. އަދި އެ ހުށައެޅުން ފަނޑިޔާރު ސުއޫދު ވަނީ ޤަބޫލު ކުރައްވާފައެވެ.

Advertisement

ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް އަލުން އުފެއްދުމަށް ޖުޑީޝަލް ކައުންސިލް ބައްދަލުވުމުގައި ނިންމީ 2019 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. ޖުޑީޝަލް ކައުންސިލުން އެގޮތަށް ނިންމުމާއި ގުޅިގެން އެ ޖަމްޢިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް މޭ މަހުގެ 26 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ހުށައެޅިއެވެ.

ޤާނޫނު ނަންބަރު 2010/13 ގެ 10 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމްޢިއްޔާ ހެދުމުގެ ޙައްގުގެ ދަށުން އުފެއްދުމަށް ކަނޑައަޅާފައިވާ މި ޖަމްޢިއްޔާގެ މައިގަނޑު މަގްސަދަކީ، ފަނޑިޔާރުންގެ މުސްތަގިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ.

މީގެ އިތުރުން، އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުންވެސް މި ޖަމިއްޔާގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަޤާމަށް އައްޔަނު ކުރެއްވި ފަނޑިޔާރު ހުސްނުއްސުއޫދަކީ ޤާނޫނީ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ފުންނާބުއުސް ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް