ކ. މާލެ
|
7 ޖޫން 2022 | އަންގާރަ 07:26
ޕޮލިސް ކްލަބަށް ދެން ފުރުޞަތު އޮތީ ތިންވަނަ ސެމީން
ޕޮލިސް ކްލަބަށް ދެން ފުރުޞަތު އޮތީ ތިންވަނަ ސެމީން
ވޮލީބޯޅަ އެސޯސިއޭޝަން ކަޕް
ވެމްކޯ ފައިނަލަށް، ޕޮލިހާއި އީގަލްސް ތިންވަނަ ސެމީއަށް!
ތިންވަނަ ސެމީގައި ޕޮލިހާއި އީގަލްސް

ވޮލީބޯޅަ އެސޯސިއޭޝަންކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ވެމްކޯ ހޯދައިފިއެވެ. ވެމްކޯ ފައިނަލުން ޖާގަހޯދީ ވާދަވެރި ސެމީފައިނަލަކަށްފަހު 3-2 ސެޓުން ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ދެސެޓް ވެމްކޯއިން ގެންދިޔައީ 25-15, 25-21 ނެވެ. އެކަމަކު ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓް 25-21, 25-22 ން ޕޮލިސް ކްލަބް ހޯދިއެވެ. ފަހު ސެޓްގައި ވެމްކޯ ފެނުނީ ތަފާތު ބޮޑުކޮށެވެ. ވެމްކޯއިން ފަސްވަނަ ސެޓް ގެންދިޔައީ ޕޮލިހަށް ފަސް ޕޮއިންޓް ދީފައެވެ. މެޗުން މޮޅުވުމުން ފައިނަލްގެ ފުރަތަމަ ޖާގަ ވެމްކޯއަށް ޔަޤީންވީއެވެ. ބަލިވިޔަސް ފައިނަލަށް ދިއުމުގެ ފުރުޞަތު ޕޮލިސް ކްލަބަށް އަދި އެބައޮތެވެ. އެއީ ތިންވަނަ ސެމީފައިނަލްގައި އީގަލްސް ބަލިކޮށްގެންނެވެ.

އީގަލްސް ތިންވަނަ ސެމީފައިނަލުން ޖާގަ ހޯދީ ދެވަނަ ސެމީފައިނަލްގައި ކްލަބް ވޮލީބޯލް ފަސޭހަކަމާއެކު ބަލިކޮށްގެންނެވެ. އީގަލްސް މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް އީގަލްސްއިން ގެންދިޔައީ 25-9, 25-9 އަދި 25-16 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިގަލްސްގެ މަރިޔަމް އަޒްމާއެވެ. ތިންވަނަ ސެމީ ފައިނަލް މެޗު ކުޅޭނީ މިރެއެވެ.

- ކޮމެންޓް