ކ. މާލެ
|
6 ޖޫން 2022 | ހޯމަ 22:02
ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ
ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ
އަލްޖަޒީރާ
ގޮތަބަޔާ ރާޖަޕަކްސަ
ނާކާމިޔާބު ރައީސެއްގެ ގޮތުގައި ވަކިވާކަށް ބޭނުމެއް ނޫން: ގޮތަބަޔާ ރާޖަޕަކްސަ
މީގެ ކުރިންވެސް އެކި ފަހަރުމަތިން ގޮތަބަޔާ ވަނީ މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށް ވިދާޅުވެފައި
ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު ގޮތަބަޔާގެ އިސްތިއުފާއަށް ގޮވާލާ އަޑުއުފުލަމުންދާ އާންމު ރައްޔިތުންގެ އަދަދު ދަނީ އިތުރު ވަމުން
ދެ ވަަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ގޮތަބަޔާ ވަނީ ވިދާޅުވެފައި

ނާކާމިޔާބު ރައީސެއްގެ ގޮތުގައި ވަކިވެގެން ދާން ބޭނުންފުޅުނުވާ ކަމަށް ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ގޮތަބަޔާ ވަނީ އޭނާގެ ވެރިކަމުގެ ދައުރުގައި ބާކީ އޮތް ދެ އަހަރު ނިންމާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެ ވަަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ގޮތަބަޔާ ވަނީ ވިދާޅުވެފައެވެ.

ގޮތަބަޔާ ވަނީ އެނާއަށް ފަސް އަހަރުގެ ދައުރެއް ހަވާލުކޮށްފައިވާ ކަމަށާއި ދައުރު ހަމަ ނުވަނީސް ވެރިކަމުން ވަކިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ނާކާމިޔާބު ރައީސެއްގެ ގޮތުގައި ވަކިވެގެން ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ގޮތަބަޔާ ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު ގޮތަބަޔާގެ އިސްތިއުފާއަށް ގޮވާލާ އަޑުއުފުލަމުންދާ އާންމު ރައްޔިތުންގެ އަދަދު ދަނީ އިތުވަމުންނެވެ. އާންމުންގެ ނުރުހުން ވަރަށް ބޮޑަށް ރައީސަށް އަމާޒުވެފައިވާއިރު، ސިޔާސީ އިދިކޮޅު ލީޑަރުންވެސް ދަނީ ރައީސްގެ އިތުބާރުނެތްކަމަށް ބުނެ މަގާމުން ވަކިކުރުމަށް މަސައްކަތްކުރަމުންނެވެ.

ކަންމިހެން އޮތް ނަމަވެސް މީގެ ކުރިންވެސް އެކި ފަހަރުމަތިން ގޮތަބަޔާ ވަނީ މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް