ކ. މާލެ
|
6 ޖޫން 2022 | ހޯމަ 16:40
ސައޫދީ މަސައްކަތްތެރިން
ސައޫދީ މަސައްކަތްތެރިން
ސައުދީގެޒެޓް
ސައޫދީ މަސައްކަތްތެރިން
އަވީގައި ތިބެ މަސައްކަތްކުރުން މަނާކުރާ ގަވާއިދަކަށް ސައޫދީއަރަބިއްޔާގައި އަމަލުކުރަން ފަށަނީ
 
މެންދުރު 12އިން މެންދުދުރުފަހު 3އަށް، އަވީގައި މަސައްކަތްކުރުން މަނާވާނެ

ސައޫދީ އަރަބިއްޔާގައި މެންދުރުގެ އަވީގައި ތިބެ މަސައްކަތް ކުރުން މަނާކުރާ އާންމު ގަވާއިދަކަށް އަމަލުކުރަން ތައްޔާރުވަމުންދާކަމަށް ޚަބަރުލިބެއެވެ. އެގައުމުގެ ހިއުމަން ރިސޯސަސްއެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން އިއުލާންކޮށްފައިވާގޮތުގައި, މެންދުރު 12ން ފެށިގެން މެންދުރުފަހު 3ށް އަވީގައި މަސައްކަތްކުރުން މަނާކުރާ އާންމު ގަވާއިދަކަށް މި ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެގައުމުގައި އަމަލުކުރަންފަށާނެއެވެ. މި ގަވާއިދަށް ސަރުކާރުގެ ތަންތަނުގެ އިތުރުން ހުރިހާ ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާއި އިދާރާތަކުންވެސް އަމަލުކުރަން ޖެހޭނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. މިއީ ތިންމަސްދުވަހަށް ހިންގޭނެ ގަވާއިދެކެވެ. އެއީ ޖޫން 15ން ސެޕްޓެމްބަރ 15ށެވެ. މިގަވާއިދާއި ޚިލާފުވާ ފަރާތްތައް 3،000 ސައޫދީ ރިޔާލާ 10،000 ސައޫދީ ރިޔާލާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާގޮތަށް ވަނީ ކަނޑައަޅާފައެވެ.

ސައޫދީ ގެޒެޓް ރިޕޯޓްކޮށްފައިވާ ގޮތުން، ސަރުކާރުގެ މި ނިންމުމުގެ ސަބަބުން 2.74 މިލިއަން (ފިރިހެން އަދި އަންހެން) މަސައްކަތްތެރިންނަށް ރައްކާތެރިކަން ލިބޭނެއެވެ. މިފަދަ ގަވާއިދެއް ތައާރަފުކުރަން ނިންމާފައިވަނީ މަސައްކަތްތެރިންގެ ސިއްހަތަށާއި ރައްކާތެރިކަމަށް ވިސްނާފައެވެ.

ސައޫދީ ސަރުކާރުގެ މި ނިންމުގެ ސަބަބުން މަސައްކަތްތެރިންނަށް ސިއްހީގޮތުން ރައްކާތެރި މަސައްކަތު މާހައުލެއް ހޯދައިދޭން، ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރަށްވެސް މަޖްބޫރުވާނެއެވެ.

މެންދުރު އަވީގައި މަސައްކަތްކުރުވުން މަނާކުރާ އަމުރުގެ ދަށުން، އޮއިލް އަދި ގޭސް ކުންފުނިތަކާއި، އަދި އިމަރޖެންސީ މެއިންޓެނަންސް މަސައްކަތުގައި އުޅެންޖެހޭ ފަރާތްތަކަށް ޚާއްސަ ރައްކާތެރިކަމެއް ދޭންޖެހެއެވެ. އަދި އެފަދަ ރައްކާތެރިކަމަކާއެކު އެފަރާތްތައް މިގަވާއިދުން އިސްތިސްނާވާ ގޮތްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް