Advertisement
ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 23:20
ފަރެސްމާތޮޑާ އާއި އެއާޕޯޓް ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތްކުރިޔަށްދަނީ
ފަރެސްމާތޮޑާ އާއި އެއާޕޯޓް ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތްކުރިޔަށްދަނީ
އެމްޓީސީސީ
ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް
ފަރެސްމާތޮޑާއާއި އެއަރޕޯޓްއާއި ދެމެދު އަޅާ ކޯޒްވޭގެ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ދަށުން 4456.87 އަކަމީޓަރުގެ މަގު ހަދާނެ
ފަރެސްމާތޮޑާ އެއަރޕޯރޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10 ނޮވެމްބަރ 2020ގައި

ގދ ފަރެސްމާތޮޑާގައި އަޅާ އެއަރޕޯޓާއި ފަރެސްމާތޮޑާ އާއި ދެމެދު އަޅާ ކޯޒްވޭގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އެމަސައްކަތް މެއި 26 ވަނަ ދުވަހު ފަށާފައިވާކަމަށެވެ. މިމަސައްކަތުގެ ދަށުން 19،200 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާއިރު، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. މި ކޯޒަވޭ އަޅާނީ އެއާޕޯޓްގެ މައި މަގުތަކާ ގުޅޭ ގޮތަށް ކޯޒްވޭގެ ދަށުން އޮއެ ދެމޭ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން 4456.87 އަކަމީޓަރުގެ މަގު ހަދާނެއެވެ. މިއީ 44.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

ފަރެސްމާތޮޑާ އެއަރޕޯރޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10 ނޮވެމްބަރ 2020ގައެވެ. މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ގާއިމުކުރުމާއި، ފަޔަރ ބިލްޑިންގ އެއް އިމާރާތްކުރުމުގެ އިތުުރުން ޓަރމިނަލް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

ފަރެސްމާތޮޑާ ގައި އަޅާ އެއަރޕޯޓްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރ މަހުގެ 11 ގެ ކުރިން ނިމޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް