ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 11:48
އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ
އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ
ގެޓީ އިމޭޖަސް
ކިއެލީނީ ޔުވެންޓަސް ދޫކޮށްލުން
ކިއެލީނީ ލޮސް އޭންޖެލަސްއަށް
 
ކިއެލީނީ ވަނީ ޔުވެންޓަސްއަށް 425 މެޗު ކުޅެދީ 27 ލަނޑު ކާމިޔާބުކޮށްދީފައި

ނިމުނު ސީޒަންގައި ޔުވެންޓަސްއަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ޖިއިޖިއޯ ކިއެލީނީ ލޮސް އޭންޖެލަސް އެފްސީއަށް ކުޅެން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކިއެލީނީ މިހާރު ވަނީ ލޮސް އޭންޖެލަސްއަށް ކުޅުމަށް އެއްބަސްވެފައެވެ. އަދި އޭނާގެ މި ނިންމުން ވަރަށް އަވަހަށް ރަސްމީކޮށް އާންމު ކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކިއެލީނީ ވަނީ މި ސީޒަން ނިމުމަށްފަހު ޔުވެންޓަސްއަށް ކުޅުން ހުއްޓާލާފައެވެ. އަދި އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމަށް ކުޅުންވެސް ހުއްޓާލާފައެވެ. އިޓަލީގެ ގައުމީ ޓީމަށް ކިއެލީނީ 117 މެޗު ކުޅެދިނެވެ. އިޓަލީއަށް އޭނާ ކުޅުނު ފަހު މެޗަކީ ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ކުޅުނު ފައިނަލިސިމާ މެެޗެވެ.

އުމުރުން 37 އަހަރުގެ ކިއެލީނީ ވަނީ ޔުވެންޓަސްއަށް 425 މެޗު ކުޅެދީ، 27 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް