ކ. މާލެ
|
3 ޖޫން 2022 | ހުކުރު 17:20
ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ
ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ
މާސާ
ޕީއެސްޖީގައި އެމްބާޕޭއަށް ބޮޑެތި ބާރުތަކެއް ދިނުން
ޕީއެސްޖީ އިން ވަކި ކުރަންޖެހޭ ކުޅުންތެރިންގެ ލިސްޓު އެމްބާޕޭ ނުހަދާކަމަށް ބުނެފި!
 
ކޯޗު މައުރީސިއޯ ޕޮޗެޓީނޯއާ ނޭމާވެސް ލިސްޓުގައި ހިމެނޭ
 
ރިޕޯޓުކޮށްފައިވާ ލިސްޓުގައި 14 ކުޅުންތެރިން ހިމެނޭ

ޕީއެސްޖީ އިން ވަކި ކުރަންޖެހޭ ކުޅުންތެރިންގެ ލިސްޓެއް އެމްބާޕޭ ހެދިކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

ދާދި ފަހުން މީޑިއާތަކުގައި ވަނީ ޕީއެސްޖީ އިން ވަކި ކުރަންޖެހޭ ކުޅުންތެރިންގެ ލިސްޓެއް އެމްބާޕޭ ހަދާފައިވާކަމަށް ރިޕޯޓުކޮށްފައެވެ. މި ސީޒަންގެ ނިޔަލަށް ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު އޭނާ ވަނީ ރެއާލްއަށް ނޫނެކޭބުނެ ޕީއެސްޖީގައި ކޮންޓްރެކްޓް އައުކޮށްފައެވެ. އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމިއިރު، ކްލަބު ހިންގުމުގެ ކަންތަކުގައި އޭނާގެ ބަސް ހޯދުމަށް ކްލަބުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ކްލަބަށް ގެންނަ އަދި ކްލަބުން ވަކިކުރަންޖެހޭ ކުޅުންތެރިންގެ ކަންކަން ނިންމުންވެސް ހިމެނެއެވެ.

އެމްބާޕޭ ހަދާފައިވާ، ޕީއެސްޖީން ބޭރުކުރަން ޖެހޭ ކުޅުންތެރިންގެ ލިސްޓުކަމަށްބުނެ ރިޕޯޓުކޮށްފައިވާ ލިސްޓުގައި 14 ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއާ ނޭމާވެސް ހިމެނެއެވެ. މި ދެމީހުންގެ އިތުރުން އެލިސްޓުގައި ދެން ހިމެނެނީ ތީލޯ ކޭރާ، ހޫލިއަން ޑްރެކްސްލާ، ޑެނީލޯ ޕެރޭރާ، ލިއެނާޑޯ ވޯލްސް، އަންޑާ ހެރޭރާގެ އިތުރުން ލޭވިން ކުރްޒަވާ، މައުރޯ އިކާޑީ، ޕަބްލޯ ސަރާބިއާ، ހުއާން ބާނޭޓް، އިދްރީސާ ގުއޭ، ކޮލިން ޑަގްބާ އަދި ސާޖިއޯ ރިކޯއެވެ.

އެމްބާޕޭ ވަނީ މި ލިސްޓަކީ އޭނާ ހަދާފައިވާ ލިސްޓެއް ނޫންކަމަށް ސޯޝަލް މީޑިއާގައި ބުނެފައެވެ. މިފަދަ ރިޕޯޓްއަކަށް ޖަވާބުދެމުން ޓްވިޓަރ އަދި އިންސްޓަގްރާމްގައި އެމްބާޕޭ ވަނީ މިއީ "ފޭކް" ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް