Advertisement
ކ. މާލެ
|
3 ޖޫން 2022 | ހުކުރު 12:02
ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ހޭލުންތެރިކުރުމަށް ބޭއްވި ބައްދަލުވުމުގެ ބައިވެރިން
ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ހޭލުންތެރިކުރުމަށް ބޭއްވި ބައްދަލުވުމުގެ ބައިވެރިން
މިނިސްޓްރީ އޮފް ހޯމް އެފެއަރޒް
ކުޑަކުދިންގެ އަދުލުގެ ނިޒާމު
ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޝްވަރާތައްކޮށްފި
ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ފަސް މުވައްސަސާއަކުން އަށާވީސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި

ގާނޫނާ ޚިލާފް އަމަލުތައް ކުރާ ކުދިން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށާއި, އެފަދަ އަމަލުތައް ކުރުމުގެ ފުރުސަތު އޮތް ކުދިން އެކަމުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ޝީ ބިލްޑިންގްގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ފަސް މުވައްސަސާއަކުން އަށާވީސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތީ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ޖުވެނައިލް ކޯޓާއި ދިވެހި ފުލުހުންގެ ޚިދުމަތާއި, ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބޭފުޅުންނެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭ މައިގަނޑު ނުވަ ބަޔަކަށް ވަނީ އަލިއަޅުވާލާފައެވެ.

މި ތަމްރީނު މެދުވެރިކޮށް ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިއްސާވާ މުއައްސާސާތަކުގެ ދައުރާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުޑަކުދިން ހެޔޮގޮތުގައި މުޖުތަމަޢުއަށް އަނބުރާ ގެނައަމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވަނީ އެދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން އަހުލުވެރިކުރެވުނެވެ.

މި ތަމްރީނުތަކުގައި ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވީ ޖުވެނައިލް ކޯޓު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޚާއްސަ ބޭފުޅުންނެވެ. މި ބޭފުޅުންނަކީ ޔޫ.އެން.އޯ.ޑީ.ސީއިން ޓްރެނިން އޮފް ޓްރެއިނަރސް ފުރިހަމަ ކުރައްވާފައިވާ ބޭފުޅުންނެވެ.

Advertisement

މިއީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނަށް ހުށަހެޅޭ އަނިޔާތަކުން ކުދިން ސަލާމަތްކުރުމާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހިމެނޭ މުއައްސަސާތަކުގެ މަސައްކަތް ހަރުދަނާކުރުމަށް ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން އިސްނައިގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މިއީ ޑީ.ޖޭ.ޖޭއިން މިއަހަރު ކުރިއަށް ގެންދިޔަ މިފަދަ ތިންވަނަ ޓްރެނިން ޕްރޮގްރާމެވެ.

މީގެ އިތުރުން ކުދިންގެ ކަންކަމުގައި ނިންމާ ނިންމުންތަކަކީ އެންމެ ރަނގަޅު ނިންމުންތަކެއް ކަމުގައި ހެދުމާއި ކުދިންނާއި މުޢާމާލާތް ކުރެވޭ ގޮތް ރަނގަޅު ކުރުމަކީވެސް މި މަސައްކަތުބައްދަލުވުމުން ޙާސިލް ކުރަން ބޭނުންވާ މުހިއްމު ކަމެކެވެ.

ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ އެކަމަށްޓަކައި ބުރާސްފަތި ދުވަހު ހެނދުނު ޝީ ބިލްޑިންގްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް އަލީ ނަޛީރާއި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒުގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އަންނަނީ ގާނޫނާ ޚިލާފް އަމަލްތައް ކުރާ ކުދިން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށާއި އެފަދަ އަމަލުތައް ކުރުމުގެ ފުރުސަތު އޮތް ކުދިން އެކަމުން ސަލާމަތް ކުރުމަށްޓަކައި ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކާއި އާންމު ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް