ކ. މާލެ
|
2 ޖޫން 2022 | ބުރާސްފަތި 08:12
ރަނޭ ޑްރާފްޓް ނައިޓްގައި ވާހަކަދައްކަވަނީ
ރަނޭ ޑްރާފްޓް ނައިޓްގައި ވާހަކަދައްކަވަނީ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ވޮލީބޯޅަ ސީޒަންގެ ބޮޑު ބަދަލު
ރިހި މެޑަލްއިން ފުއްދާލެވޭކަށް ނެތް، އަމާޒަކީ ރަން މެޑަލް- ރަނޭ
ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބެއްގައި ބިދޭސީ މޮޅު ތިން ކުޅުންތެރިން ކުޅޭނެ

ރާއްޖޭގެ ސީނިއަރ ޤައުމީ ވޮލީބޯޅަ ޓީމަށް މިހާރު ރިހި މެޑަލްއިން ފުއްދާލެވެން ނެތްކަމަށާއި, އަމާޒަކީ ރަން މެޑަލްކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވެއްޖެއެވެ.

ރަނޭ މިހެން ވިދާޅުވީ ރާއްޖޭގެ ވޮލީބޯޅައިގެ ތާރީޚުގައިވެސް ގެނައި އެންމެ ބޮޑު ބަދަލު ގެނައުމަށް ބުދަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ފިރިހެން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ހަ ޓީމަށް, އެސޯސިއޭޝަނުން ދޭ އިންޑިޔާގެ މޮޅު ތިން ކުޅުންތެރިންގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ރަނޭ ވިދާޅުވީ އޭނާގެ ކުރީގެ ދައުރު ތަކުގައި ޤައުމީ ޓީމުން މެޑަލް ހޯދައިފިކަމަށެވެ. އެހެންކަމުން އޭނާއަށް އޮތް ޒިންމާ ބޮޑު ކަމަށާއި, ހާޞިލްކުރަންޖެހޭ ނަތީޖާވެސް ބޮޑުކަމަށެވެ.

ކޮންމެ ޓީމަކަށް އެސޯސިއޭޝަނުން މޮޅު ތިން ކުޅުންތެރިން ދިނުމަކީ އެނަތީޖާ ނެރުމަށް އެޅި އެންމެ މުހިއްމު ފިޔަވަޅުކަން ފާހަގަކުރައްވާ ރަނޭ ވިދާޅުވީ މިބަދަލުގެ ސަބަބުން ރަން މެޑަލް ހޯދަން ކުރާ މަސައްކަތަށް ވަރަށް ބޮޑު ބާރަކަށް ވާނެކަމަށެވެ. އެއީ ބޭރުގެ މޮޅު ކުޅުންތެރިންނާއެކު ރާއްޖޭގެ ލީގު ވަރުގަދަވެ, ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ތަޖުރިބާތަކެއް ލިބި ހުނަރުވެސް އިތުރުވެ އޭގެ ހެޔޮއަސަރު ޤައުމީ ޓީމަށް ކުރާނެތީކަމަށް ރަނޭ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީ ވަރަށް އެހެންކަހަލަ އުއްމީދުހުރި ކުޅުންތެރިންތަކެއް ގެންގުޅޭ ބައެއް. އަދި އަޅުގަނޑުމެންގެ ކުޅިވަރަށް ލޯބިކުރާ މީހުންނަކީ ހަޤީޤަތުގައިވެސް އަޅުގަނޑުމެން ގޯލްޑަކަށް ނޫނިއްޔާމް ފިކުރުކުރާބައެއް ނޫން. އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމަކަށްވީ އަޅުގަނޑުމެން ފަރިތަކުރަމުންދާއިރު އަޅުގަނޑުމެން ގޮސްކުރިމަތިލާ މުބާރާތްތަކުގައިވެސް ކުޅޭ ފެންވަރުގެ ގިނަ މެޗުތަކެއް އަޅުގަނޑުމެން އަޅުގަނޑުމެންގެ ލޯކަލް ލީގުގައި ކުޅެން ފުރުޞަތު ހޯދުން
މުޙައްމަދު ރަނޭޝް/ ވީއޭއެމްގެ ރައީސް

އެމަގަށް ކުރާ މަސައްކަތުގައި އެސޯސިއޭޝަންގެ މިހާރުގެ ލީޑަރޝިޕް އެއްކޮށް މަސައްކަތްކުރީ އާ ކަންތައްތައްކޮށް, ދުނިޔޭގައި ކަންމިކުރަމުންދާ ގޮތަށް ބަދަލުކުރަންކަމަށް ރަނޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެބަދަލު ގެނެސްގެން ނޫނީ ޞަރަހައްދުގައިވެސް އަޅުގަނޑުމެންނަށް ދެން އަޅުގަނޑުމެންގެ މިކުޅިވަރު އަތު ނުވާނެކަމަށެވެ.

ވޮލީބޯލް އާއިލާގެ މެންބަރުން ޑްރާފްޓް ނައިޓްގައި - ވީއޭއެމް

ޓެކްނިކަލް ޓީމާއެކު ކުރި މަޝްވަރާތަކުން ޓެކްނިކަލް ޓީމަށް ފެނުނީ އިންޓަރނޭޝަނަލް ޓެލެންޓް އަޅުގަނޑުމެންގެ ތެރެއަށް ގެނެސް ވީހާވެސް ގިނައިން އިންޓަރނޭޝަނަލް ޓެލެންޓާ އެއްކޮށް މަސައްކަތްކޮށްގެން ނޫނީ ކާމިޔާބު ހޯދެންނެތްކަން ކަމަށް ރަނޭ ވިދާޅުވިއެވެ. ރަނޭ ވިދާޅުވީ ރަން މެޑަލް ހޯދުމަށް ލޯކަލް ލީގު ވަރުގަދަކުރުން ނޫން ގޮތެއް ނެތްކަމަށެވެ.

ރަންމެޑަލްއާ ހިސާބަށް ދެވޭނީ ލޯކަލް ވަރުގަދަ މުބާރާތެއް ބާއްވައިގެން
މުޙައްމަދު ރަނޭޝް/ ވީއޭއެމްގެ ރައީސް

ވޮލީބޯޅަ އެސޯސިއޭޝަންގެ ޑްރާފްޓް ނައިޓްގައި ފުރަތަމަ ޑިވިޝަންގެ ހަ ކްލަބްގެ ތެރެއިން ކޮންމެ ކްލަބަކަށް އިންޑިޔާގެ މޮޅު ތިން ކުޅުންތެރިން ވަނީ ދީފައެވެ. ކުޅުންތެރިން ދިނީ ތިން ބުރަކަށް ބަހާލައިގެން ގުރުއަތުން ހޮވުނު ތަރުތީބުން ކްލަބްތަކުން ކުޅުންތެރިން ނަގާ އުޞޫލުންނެވެ.

- ކޮމެންޓް